ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިންނަށް ވަނަމުން ގޮވުމަކީ ސިޔާސީ އުކުޅެއް ނޫން: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރު މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިންނަށް ވަނަމުން ގޮވުމަކީ ސިޔާސީ އުކުޅެއް ނޫންކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ބަހުސްކުރައްވަމުން އަސްލަމް ވިދާޅުވީ ކޮންމެ މީހެއްގެ ވެސް އަބުރަކާއި އިއްޒަތެއް އޮންނާނެ ކަމަށާއި އެހެންކަމުން ހިތުހުރިހާ އެއްޗެއް އެއްވެސް މީހަކާއި ދިމާލަށް ނުގޮވޭގެނެ ކަމަށެވެ.

މިއަދު މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްއެވެ. އޭނާ ހުށަހެޅި ކުއްލި މައްސަަލައިގައި ވަނީ ސަރުކާރުން ޗެނަލް 13 އަށް ބިރުދައްކައި އިންޒާރު ދޭ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލްފާޅުކުރުމުގެ މިނިވަންކަމާއި ހިލާފު އަމަލެއް ކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ނޫސްވެރިކަން ކުރުމުގައި މިނިވަންކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމުގެ ހައްގު ފޯރުކޯށްދީފައިވާއިރު، މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލި ގައިޑްލައިންއެއްގައި މަޖިލީހާއި ގާނޫނުން މީޑިއާގެ މިނިވަންކަން ހަނިނުކުރާ މިންވަރަށް ހަނިކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކުއްލި މައްސަލައިގައި ޝިޔާމް ވިދާޅުވެފައިވަނީ ސަމާސާ އަދަބަކީ ހިޔާލުފާޅުކުރުމުގެ އެންމެ އަސާސީ އެއް އުސްލޫބު ކަމަށާއި އެގޮތުން ސަމާސާ އަދަބުގެ ތެރެއިން ލަވަޔާއި މިއުޒިކް ބޭނުންކޮށްގެން ހިޔާލެއް ފާޅުކޮށްލުމާއެކު ޗެނަލް 13 އަށް ބްރޮޑްކާސްޓީންގ ކޮމިޝަނުން އިންޒާރުދީފައިވާ ކަމަށެވެ.

އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ އާއި ގުޅިގެން އަސްލަމް ވިދާޅުވީ ދޮގު މައުލޫމާތު ފެތުރުމަކީ ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ފިތުނަފަސާދަ އުފެއްދުމަކީ ޑިކޮމްރަސީ ދަންނަ އެއްޗެއް ނޫން ކަމަށެވެ.

މީހުންގެ އަބުރުކަތިލުމަކީ ޑިކޮމްރަސީ ދަންނަ އެއްޗެއް ނޫންކަމަށް  ވިދާޅުވެ އަސްލަމް ވިދާޅުވީ ޑިމޮކްރަޓިކް ވެއްޓެއްގައި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ޑިމޮކްރަސީ ހަމަތަކުގެ މަތިން ކަމަށެވެ.

މިއަދު މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމީ އެ މައްސަލައަކީ އޭގެ ޒާތުގައި ހަގީގަތުގައިވެސް ކުއްލި މައްސަލައަކަށް ނުވާތީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންނަމަވެސް ރިޔާސަތުން ކުއްލި މައްސަލައެއް ގޮތުގައި ގެންނެވީމާ، ވޯޓްލާންޖެހޭތީ ވޯޓްލީ. އެފަދަ މައްސަލައެއް އޮތް ކަމުގައި ވަނީނަމަ، މަޖިލީހުގައި އެހެނިހެން އުސޫލުތައްވެސް ހަމަޖެހިފައިވޭ. ކޮމިޓީތަކަށްވެސް ހުށަހެޅޭ. ގަރާރުގެ ސިފައިގައިވެސް ހުށަހެޅޭ. އެހެންނަމަވެސް ކުއްލި މައްސަލައެއް. ކުއްލިއަކަށް ދިމާވި މައްސަލައެއް ނޫން. ކުއްލި މައްސަލައެއް ނޫން އެއީކީ. އެހެންވީމާ އަޅުގަނޑުމެން އެއަށް ވޯޓް ނުދިނީ.

އަސްލަމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެންދާފަދަ އެއްވެސް ކަމަކީ އެބޭފުޅުން ތަރުހީބު ދޭނެ ކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: