ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފީފް ނުހިމެނޭ ގޮތަށް ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ކަނޑައަޅައިފި

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެމްބަރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގެންނަވާ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބައްލަވާނެ މެމްބަރުން އަލުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ހ. އާއި ނ. ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުން ކަނޑައަޅައިފައިވަނީ މަޖިލީހުގައި ހޭދަ ކުރެއްވި މުއްދަތާއި، އުމުރަށް ބެލުމަށްފަހުގައެވެ.

އެގޮތުން މަޖީލުގެ ރިޔާސަތަށް ކަނޑައަޅާފައިވާ މެމްބަރުންނަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އާއި، މާމިމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އާއި، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް އަފުރު މޫސާއާއި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުއެެވެ.

މިއިން ކޮންމެ މެމްބަރަކީވެސް ގިނަ ދުވަހު މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ ބޭފުުޅުންނެވެ. އެގޮތުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މަޖިލީޙުގައި މަސައްކަތް ކޮށްފައިވަނީ 18 އަހަރަށެވެ. ދެން ތިއްބެވި ބޭފުޅުން ހިދުމަތް ކުރެއްވީ 14 އަހަރު ވަންދެނެވެ.

މަޖިލީހުގެ ރިޔާސަތުން މިގޮތަށް ކަނޑައަޅާފައިވާއިރު މީގެ ކުރިން މަޖިލީހުގެ ރިޔާސަތުން ރައީސް އާއި ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާފައިވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ރިޔާސަތު ބެލެހެއްޓޭ މެންބަރުންގެ ތެރޭގައި މަޖިލީހުގެ ރައީސްގެ މަގާމުގައި ރައީސް ނަޝިދު ހުންނެވިއިރު  ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ހިމެނުނު ނަމަވެސް މިއަދުގެ ލިސްޓްގައި އަފީފްގެ ނަން ހިމެނިފައި ނުވެއެވެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: