ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލަމް ދެންނެވީ މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލޭގޮތަށް ތަރުތީބުނުކުރުމަށް!

ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމައް ދެންނެވީ އެމްޑީޕީއަށް މެޖޯރިޓީ ނުގެއްލޭ ގޮތަށް ކޮމިޓީތައް އެކުަވާލުމަށްކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕު (ޕީޖީ) ގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީސް އަލަށް އެކުލަވާލުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ދާއިމީ ކޮމިޓީޓަކަށް މެންބަރުުން އިންތިހާބުކުރަންވާނެކަންކަމަށާއި، އެއަށްފަހު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަބަދުވެސް ދެމި އޮންނާނއެކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާއާއި 131 ވަނަ މާއްދާގައި ދާއިމީ ކޮމިޓީތަކުގައި ތިބޭ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއިން އެ މެންބަރުން ވަކިވުމުން އަމަލުކުރަންޖެހޭ ހަމަ ބަޔާންކޮށްފައިވާކަމަށާއި، މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުވެއްޖެނަމަ ނުވަތަ މެންބަރަކު ނުވަތަ ގެނެވޭ އެއްވެސް ހާލަތެއް އެ ދެ މާއްދާގައި ބަޔާންކޮށްފައިނުވާކަމަށް އަސްލަމް މަޖިލީހަށް ފޮނުވި ސިޓީގައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ މެނދުނުކެޑޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ ކޮމިޓީތަކެއްކަން މަޖިލީހުގެ ގަވާއިދުގެ 149 ވަނަ މާއްދާއިންވެސް ސާފުކޮސް އެނގޭކަމަށް ބުނެފައިވެއެވެ.

ދާއިމީ ކޮމިޓީތައް ހުއްޓޭނެ އެއްވެސް ހާލަތެއް އެގަވާއިދުގައި ބަޔާންކޮށްފައިނުވަނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓުމަކަށް ގެނައުމަކީ މަޖިލީހުގެ ގަވާއިދު ދަންނަކަމަކަށް ނުވާތީކަމަށާއި، އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގެ ދަށުން ކަނޑައެޅި އެކުލަވާލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން މެންބަރަކު ވަކިވިކަމުގައި ވީނަމަވެސް އެ ކޮމިޓީއެއް ދެމި އޮންނާނެކަމަށާއި، އަދި އެ ކޮމިޓީއެއްގެ މަސައްކަތްތައް ކޮމިޓީއިން ވަކިވި މެންބަރުންގެ ބަދަލުގައި އެހެން މެންބަރުން އައްޔަން ކުރެވެންދެންވެސް ހުއްޓުމެއް ނެތި ހިގާނެކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭކަމަށްވެސް އަސްލަމްގެ ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސިޓީގައި ވަނި މި ހިނގާ 19 ވަނަ މަޖިލީހުގައި މީގެ ކުރިން އަމަލުކޮށްފައިވާ އުސޫލަކީވެސް އެއީކަމަށާއި، މަޖިލީހުގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއަށް އެކި ފަހަރުމަތިން އައި ބަދަލުތަކާއި ގުޅިގެން މީގެ ކުރިން މަޖިލީހުގެ އިދާރާއިން ކޮމިޓީތައް އެއްވެސް ފަހަރަކު ހުއްޓާފައިނުވާކަމަށެވެ. އަދި އެއިރުއައި ބަދަލުތައް ހަމަޖެއްސުމުގެ މަރުހަލާ ހިނގަމުން ދިޔައިރު، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ދިޔަކަމަށްވެސް ބުނެފައިވެއެވެ.

ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުމުގައި ސިޔާސީ ޕާޓީތަކުގެ މެޖޯރިޓީ ލީޑަރުންނާއި މައިނޯރިޓީ ލީޑަރުންގެ މަޝްވަރާ ހޯދަންވާނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮތްއިރު، އެފަދައިން އަމަލުނުކުރައްވައި، މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އޭނާއަށް އެކަމުގައި ބަސްބުނުމުގެ ފުރުސަތު ނުދެއްވައި، ނިސްބަތްވާ ޕާޓީކަމަށްވާ އެމްޑީޕީގެ 64 އިންސަތަ މަޖިލީހުގައި އޮވެ، މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލޭގޮތަށް ކޮމިޓީތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ އިދާރާގައި އޭނާ 23 މެއިގައި ދަންނަވާފައިވާނެކަމަށްވެސް އަސްލަމް ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް އެއީ މަޖިލީހުގެ ކޮމިޓީތައް ހުއްޓާލަން ބޭނުންކުރައްވާ އުޒުރުކަމަށް އަމީންއާންމުގެ ސިޓީގައި ލިޔެފައިވާތީ ހިތާމަކުރާކަމަށް އަސްލަމް ވިދާޅުވެފައިވެއެވެ. އަދި އަސްލަމް ވަނީ 23 މެއި ވަނަ ދުވަހަށް ފަހު ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރު، މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް މަޖިލީހުގެ ރައީސް ކޮމިޓީތައް ތަރުތީބުކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިނުވާކަން ފާހަގަކޮށްފައެވެ.

މިހެން ކަންކަން އޮތުމުން މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވާލެވިފައިވާ އާއްމު ކޮމިޓީގެ މަސައްކަތްތައް އެކޮމިޓީގައި މިވަގުރު ތިއްބެވި މެންބަރުންނާއިއެކު ކުރިއަށް ގެންދަންޖެހޭނެކަމަށް އޭނާއަށް ގަބޫލުކުރެވޭތީ، އާއްމު ކޮމިޓީ ބައްދަލުވުމެއް ބާއްވައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި، އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ ގަރާރަށް ބަހުސްކުރާނެ ވަގުތެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާއާއި 2007 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން ކަނޑައަޅައިދެއްވުމަށް އަސްލަމް ވަނީ އެދިފައެވެ. އަދި އަސްލަމް ވަނީ މިކަންވެސް އޮންނަ ގަވާއިދުގެ ދަށުން ނުކުރާކަމަށާއި، މި މައްސަލަ އެޖެންޑާކުރުން އިސްތިސްނާނުކުރެވޭ އެއްވެސް ހާލަތެއް ނޯންނަކަންވެސް ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: