ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ކެންޑިޑޭޓުންނަށް ކުރިމަތިލާ ފަރާތްތަކުގެ މުއްދަތު އިތުރުކުރަން ގާނޫނަށް އިސްލާހު ހުށަހަޅަނީ

އިސްމާއީލް ހަބީބު އީސީގެ ނައިބު ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ހުޅުވާލާ ފުރުސަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިސްލާހު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ހުޅުވާލާ ފުރުސަތު އިތުރު ކުރުމަށްޓަކައި ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ލިބޭނީ ޖުލައި 23 އިން ފެށިގެން އޮގަސްޓް ތިންވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިހާރު ގާނޫނުގައި އެހެން އޮތް ނަމަވެސް ގާނޫނު ބަދަލު ކުރަން ހުށަހަޅާފައިވާ ކަމަށާއި އަންނަ އޭޕްރީލް މަހުގެ ކުރިން ގާނޫނަށް ބަދަލު އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިސްމާއިލް ހަބީބު ވިދާޅުވި އެވެ. އެއާއެކު ރިޔާސީ އިންތިހާބުގެ ތާރީހުތަކަށް ބަދަލު އަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އީސީން ދީފައިވާ ތާރީހަކީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ.

އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބް ބާއްވާ ތާރީހާ ހަމައަށް ވޯޓް ލުމުގެ ހައްގު ލިބިގެންވާ ދެލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ހަތްދިހަ ދެމީހުން ކަމަށް ހަބީބް ވިދާޅުވިއެވެ.

ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލާފައިވަނީ ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ އެއްސަތޭކަ ތިރީސްފަސް މީހުން ކަމަށްވެސް ހަބީބް ވިދާޅުވިއެވެ. އެހެންކަމުން 2018 ވަނަ އަހަރާ އަޅާބަލާއިރު ވޯޓްލުމުގެ ހައްގު ލިބިގެންވާ އަދަދު ވަނީ އެކާވީސްހާސް އެއްސަތޭކަ ތިރީސް ހަތް މީހުންގެ ތަފާތެއް އުޅޭ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެއަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. ސަބަބަކީ ވޯޓްލުމުގެ ހައްގު މިވަގުތު ލިބިފައިވާ މީހުންގެ ތެރެއިން ދުނިޔެއިން ވަކިވާ މީހުންގެ އަދަދު ވޯޓްލުމުގެ ހައްގު ލިބޭ މީހުންގެ ޖުމްލަ އަދަދުން އުނިވެގެން 9 ސެޕްޓެމްބަރ އާއި ހަމައަށް ދާނެތީ ކަމުގައިވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: