ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުހައްގު މުއްސަނދިކަން ހޯދާފައިވާ ފަރާތްތައް ހުއްޓުވާ، އެކަން ރަނގަޅުކުރަން ފުރުސަތު ލިބުމުން ނުކުރުމަކީ އިހުމާލެއް: ޝާމިލް

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުހައްގު މުއްސަނދިކަން ހޯދާފައިވާ ފަރާތްތައް ހުއްޓުވާ، އެކަން ރަނގަޅުކުރަން ފުރުސަތު ލިބުމުން އެކަން ނުކުރުމަކީ އިހުމާލެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޝާމިލް އާދަމް ވިދާޅުވެެއްޖެއެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާއި ގުޅޭގޮތުން އޭސީސީން އެކުލަވާލި ދިރާސާ އާއްމުކުރުމަށް ބޭއްވި ޖަލްސާގައި  ޝާމިލް ވިދާޅުވީ ކޮރަޕްޝަންގެ ކުށް ހުއްޓުވޭނީ މުއައްސަސާތަކުން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އެ މަސައްކަތުގެ ނަތީޖާ ނެރެވޭނީ އޭރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދާރާތައް ގުޅިގެން ކުރާ މަސައްކަތުން ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާ ފައިސާ އަނބުރައި ހޯދައިދިނުމަށް ދޭ ސަމާލުކަން ފެންނަ ކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި އެކަމުގެ ނަތީޖާ ކައިރި މުސްތަގުބަލެއްގައި ފެންނާނެ ކަމަށް ޝާމިލް ވިދާޅުވިއެވެ.

މީގެ އިތުރުން އޭސީސީގެ މަސައްކަތާއިމެދު ފާރަވެރިވެ، ފާޑުކިޔަން ފުރުސަތު އޮންނަން ޖެހޭ ކަމަށާއި އެއީ އޭސީސީގެ މަސައްކަތް ރަނގަޅުކުރަން އެޅޭ ބާރެއް ކަމަށް ޝާމިލް ވިދާޅުވިއެވެ.

އޭސީސީ ދެމި އޮންނާނީ އިންސާނީ ތަރައްގީ އާއި އިންސާނީ ހައްގުތައް ކަށަވަރުކުރަން ކުރާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އޭސީސީ އަކީ ކޮރަޕްޝަން ހުއްޓުވުމާއި ކުށްކޮށްގެން ފައިސާ ހޯދާ އަނބުރާ އޭގެ ހައްގުވެރިންނަށް ހޯދައިދިނުމުގައި މުހިއްމު މަސައްކަތެއް ކުރަމުންދާ މުއައްސަސާއެއް ކަމަށެވެ. އެކަމަށްޓަކައި މަސްލަހަތުވެރިންނާއެކު ދައުލަތުގެ ނިޒާމްތަކުގެ ތެރޭގައި ހުރި މުއައްސަސާތަކާ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ދިރާސާ އާއި ދައުލަތުގެ ނިޒާމްތަކާއެކު މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަށް އޭސީސީ އިން ކޮށްފައިވާ މަސައްކަތުގެ ނަތިޖާ ރަނގަޅުކަމަށް ޝަމިލް ވިދާޅުވިއެވެ. އެގޮތުން ކަންކަން ރަނގަޅުކުރަން ޕްރޮގްރާމްތަކެއް އެކުލަވާލައި ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް މަސައްކަތް ކުރަމުންދާ ކަމަށް ޝާމިލް ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރާ ހިދުމަތުގެ އަގު ވަޒަންކުރުމަށް ވިސްނުން ގެންގުޅުއްވާ ކަމަށާއި މިއަހަރު އެފަދަ މަސައްކަތްތަކުގެ އަގު ވަޒަންކުރެވޭނެ ނިޒާމެއް އެކުލަވާނެ ކަމަށް ޝާމިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: