ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމިން ކުރީ ”ޖައްބާރު“ ވެރިކަމެއް، މުޅި ދައުލަތުގެ ހުރިހާ ސިފައެއް ކަނޑުވާލި: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ކުރީ، ”ޖައްބާރު“ ވެރިމަމެއްކަމަށާއި، ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ސަރުކާރުން މުޅި ދައުލަތުގެ ސިފަ ކަނޑުވާލިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދަޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ޓިކެޓު ހަވާލު ކުރުމުގެ ޖަލްސާޣައި ޝާހިދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީސް މެމްބަރުން، އެ މަގާމުން ވަކިވެފައިވާކަމަށް ނިންމާ ތަޅުމުން ނެރި ބޮޑު ކަންނެލި އުކާހެން މަޖިލީހުގެ ގޭޓު މަތިން އުކާލިކަމަށެވެ.

ޝާހިދު ވިދާޅުވީ، ސަލާމަތީ ބާރުތަކުގެ އަތް ދަށަށް ރައްޔިތުންގެ މަޖިލިސް ގެންދިޔަ ހަނދާން ކުރަންޖެހޭކަމަށެވެ. އަދި އެއީ އަނިޔާވެރިކަންކަމަށާއި އެއީ ދައުލަތް ހަރާބުކޮށްލުންކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، މި ދައުރުގައި ރައީސް ސާލިހު ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ މުއައްސަސާއެއްގެ ސިފަ ޖައްސުވާދެއްވާފައިވާކަމަށެވެ. ޝާހިދު ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުގޭގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ގެންގޮސް ކުޑަ ގޮޅިއަށްލައި ކަންކަން ކޮށްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައިކަމަށެވެ. އެހެންނަމަވެސް މިހާރު ފަނޑިޔާރުގެއަކީ މިނިވަން މުއައްސަސާއެއްކަމަށާއި އެމަނިކުފާނަށް ތާއީދު ކުރައްވަނީ އެކަންކަމުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މި ސަރުކާރުގައި އިރު އިރުކޮޅާ ޕްރޮސެކިއުޓާރ ގެނެރަލް މަގާމުން ވަކި ނުކުރާކަމަށެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފްގެ ވެސް އިސްވެރިންގެ މަގާމުގައި ބޭފުޅުންތަކެއް ތިއްބެވިކަމަށާއި އެ ބޭފުޅުންވެސް އިރު އިރުކޮޅާ މަގާމުން ވަކި ނުކުރާކަމަށް އެނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރައީސް ސާލިހުގެ ނައިބެއްވެސް އެބަ ހުންނެވިކަމަށެވެ. އަދި މުޅި ދައުލަތް ހަރާބުކޮށްލައި މިލިޓަރީ ވެރިކަމެއް ބޭއްވުމުގެ ބޭނުމުގައި ރައީސް ސާލިހު އެމެޖެންސީ ހާލަތެއް އިއުލާނު ކުރައްވާފައިނުވާކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: