ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2008 ގެ ހާލަތު މަތީން ބަޔަކު ހަނދާން ނެތުމުން ހިތާމަ ކުރަން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2008 ވަނަ އަހަރު އެމްޑީޕީއަށް ލިބިގެންދިޔަ އުންމީދު ބީވެގެންދިޔައީ ޒަމާނުއްސުރެ ރާއްޖެއަށް ވަކި ހިއްޕާލާފައިވާ އަނިޔާވެރިކަން އެ އުންމީދުގެ މައްޗަށް ގަދަވެގަތުމުގެ ސަބަބުންކަމަށް އެމްޑީޕީގެ ޗެއަޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މީގެ ކުރީގެ ވެރިކަން ތަކުގައި ހުރިހާ ބާރަކާއި ހުރިހާ އަމުރެއް އަދި ހައްގާއި އިހުތިޔާރު ވެސް އޮންނާނީ ސަރުކާރެއްގައި އޭރު ހުރި ވެރިއެއްގެ އަތުގައިކަމަށެވެ. އަދި ދިވެހިން ބޭނުންވީ އެ ގޮތަށް އޮންނަ އޮތުން ބަދަލު ކުރުމަށް ކަމަށާއި އެ ބަދަލު ބޭނުންވީ އެކަމުގެ ސަބަބުން އެތައް އަނިޔާވެރިކަމެއް ރައްޔިތުން ތަހައްމަލު ކުރަމުންދާންޖެހުމާއި ގުޅިގެންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އެކަން ކުރުމަށް ނުކުތް މީހުންނަށް ކީ ނަމަކީ އެމްޑީޕީކަމަށެވެ. ފައްޔާޒު ވިދާޅުވީ، އޭރު ހާލަތު އޮތީ މަދު ބަޔަކަށް ނުކުމެ ބަދަލު ކުރެވޭ ހިސާބުގައި ނޫންކަމަށެވެ. އަދި އެހެންކަމުން އެ މަސައްކަތަށް ބޭނުންވާ މީހުން އިތުރުކުރީވެސް އެމްޑީޕީއިން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ނިކުތް ބޭފުޅުންނަށް އެ ހިނގަމުންދާ މަގުގެ ބިރުވެރިން ފަހުމް ކުރެވޭކަމަށެވެ. އަދި އޭރު ނުކުތް މީހުންނަށް ބޮޑެތި އަނިޔާތައް ވެސް ލިބިގެންދިޔަކަމަށާއި ޖަލުގައި ދުވަސް ހޭދަ ކުރަން ޖެހި އެ މީހުންގެ މުދާ ނިގުޅައިގަތުން އަދި އާއިލާތައް ރޫޅި ދިއުމުގެ ހިތާމަ އާއި ވެސް ކުރިމަތިލާން ޖެހުނުކަމަށް އެނާ ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވަނީ ބިރުވެރިކަމެއް ނެތި ތާހިރު ފުއްދުންތެރި ދިރިއުޅުމުގެ ބިނާ ކުރުމަށްކަމަށް ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީއަށް އެ އުންމީދު ލިބިގެންދިޔަކަމަށެވެ. އެހެންނަމަވެސް އެ އުންމީދުތައް ބީވެގެން ދިޔައީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި ވަކި ހިއްޕާލާފައިވާ އަނިޔާވެރިކަން ގަދަވުމުންކަމަށް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެ އަނިޔާވެރިކަން އުންމީދުގެ ހުޅުކޮޅު ނިއްވާލުމަށް ބަލަ ބަލާ އޮތްކަމަކީ ހަގީގަތްކަމަށެވެ. އަދި ހަގީގަތް އަބަދުވެސް ގަބޫލު ކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، 2008 ވަނަ އަހަރުގެ ހާލަތު ހަނދާން ނެތިފައިތިބި ބަޔަކު އެމްޑީޕީގައި ތިބުމަކީ ހިތާމަވެރިކަމެއްކަމަށެވެ. ފައްޔާޒު ވިދާޅުވީ، އެނާ ކުރިން ދެންނެވި އުނދަގޫ މަރުހަލާ މިހާރު ނިމިފައިވާކަމަށެވެ. އަދި އޭރު ނުކުތް ޒުވާން މިއަދު ތިބީ ހަރު އުމުރުގައިކަމަށާއި، އެފަދަ ދުވަހެއް އަލުން އިޔާދަވުމަށް އެ މީހުން ބޭނުން ނުވާކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ކުރީގެ ވެރިކަން ތަކުގައި ތަހައްމަލު ކުރި އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނާއިންސާފު ދެކުމަށް އެމްޑީޕީގެ މެމްބަރުނާއި ދިވެހިންވެސް އެއްވެސް ހާލަތެއްގައި ބޭނުން ނުވާކަމަށެވެ. އެނާ ވިދާޅުވީ، ޒާތީ ތަައައްސުބުން އެއްކިބާވެތިބެ އެންމެން އެކައްޗެއް ކިޔައިގެން ފެށި މަސައްކަތައިގެން ކުރިއަށް ދިއުމަކީ އެމްޑީޕީގެ މެމްބަރުން އެދޭ ގޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: