ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަފާތު ކުރުމެއް ނެތް، ރައްޔިތުންނަށް ހެވާ ލާބަ ގެނެސްދޭނަން: ރައީސް

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް ވަޑައިގަންނަވާނީ ތަފާތު ކުރެއްވުމެއް ނެތި މުޅި ރާއްޖެއަށް ހެވާ ލާބަ ހޯދައިދެއްވުމުގެ މަގުސަދުގައިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ކުރައްވަމުންދާ މަސައްކަތުގައި އެމަނިކުފާނު އަދާ ކުރައްވާނީ އެމްޑީޕީ އަދި ރާއްޖޭގެ ރައްޔިތުންނަށް ވެރިކަން ހޯދައިދެއްވުމުގެ ދައުރުކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ހަމަޖެހުމާއި ހަމަހަމަކަން އަދި ތަރައްގީތައް ވެސް ގެނެވޭނީ އެމްޑީޕީގެ ވެރިކަމެއްގައިކަމަށް ގަބޫލު ކުރެއްވޭކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކުރިއަށް ގެންދާ މަޝްރޫއުތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނީވެސް އެމްޑީޕީގެ ވެރިން ދެމި އޮވެގެންކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތީ ތަނަވަސްކަމާއި އުފާ ފާގަތި ޖަޒީރާ ދިރިއުޅުމެއްގެ ބަހާރު މޫސުމަކަށް އަލިވިލޭ ވިލުމެއްކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތީ އިގްތިސާދާއި އާމްދަނީ ދެ ގުނަވެ ވިޔަފާރީގެ އާ ސިނާއަތްތަކަށް ޖާގަ ލިބި ވަޒީފާތައް އުފެދިގެން ފުދުންތެރިކަން އިތުރުވެގެންދާ އާ ޒަމާނެއްކަމަށެވެ.

މީގެ ކުރިން ބޭއްވި އެކި ކެމްޕެއިން ޖަލްސާތަކުގައި ވެސް ރައީސް ވަނީ، ރާއްޖެއަށް ތަރައްގީ ގެނެސް ދޭނީ ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް ވެސް އެއް ހަމައަކުންކަން ފާހަގަ ކުރައްވާފަ އެވެ.

މިރޭ ރައީސް ސޯލިހަށް 2023 ގެ ރިޔާސީ ޓިކެޓު ހަވާލު ކުރިއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ޕާޓީގެ އިސް މެމްބަރުންނާއި، މަޖިލިސް މެމްބަރުން ބައިވެރިވެފައި ނުވެ އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހަދައި، ރައީސް ނަޝީދު ވަނީ ޕާޓީގެ އެތެރޭގައި ގޮފިތަކެއް އުފައްދައި ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދޭން ހުށަހަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: