ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުނަށް ފަސޭހައިން ފަރުވާ ލިބޭނޭގޮތަށް ނިޒާމު ބަދަލުކުރުމަށް ގަރާރެއް!

ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުނަށް ފަސޭހައިން ފަރުވާ ލިބޭނޭގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށައަޅުއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ. ގަރާރުގައި ބުނެފައިވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުނަށް ފަސޭހައިން ފަރުވާ ލިބޭނޭގޮތަށް ނިޒާމު ބަދަލުކުރުމަކި އެމްޑީޕީގެ ވައުދެއް ނަމަވެސް ސަރުކާރުން މި ވައުދުފުއްދުމަށް ގެންގުޅޭ ސިޔާސަތާއި ނިޒާމާއި އަދި އޮނިގަނޑު ރާވާފައިވާ ގޮތުން އެ ލަނޑުދަނޑި ހާސިލްކުރެވެން ނެތްކަމަށެވެ.

މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ދޭންޖެހޭ ފަރުވާ ނުލިބި، އެމީހުން މުޖްތަމައުން ބާކީވެ އަދި އެމީހުންގެ އާއިލާތައް ނިކަމެތިވެގެންދާ ދިއުމަށް އަވަސް ހައްލެއް ހޯދަން ޖެހިފައިވާކަމަށް ވަނީ ބުނެފައެވެ.

އެފަދަ މީހުންނަށް ފަރުވާދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ތަސައްވުރާއި އެއްގޮތަށް ފަރުވާ ދެވޭނެ ގާބިލުކަން ސަރުކާރުގެ އިންސާނީ ވަސީލަތްތަކުގެ ތެރޭގައި ނެތްކަންވެސް ހަސަން ލަތީފްގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ދިގު މުއްދަތަކަށް ބައިތިއްބައިގެން ދޭންޖެހޭ ފަރުވާ ދިނުމަށް ި ވަގުތު ރާއްޖޭގައި ހުރި 2 މަރުކަޒުގައިވެސް، ފަރުވާދޭނެ މީހުން ނެތުމުގެ ސަބަބުން އެތަންތަނުގައި ޖާގައިގެ 50 އިންސައްތަވެސް ފާއިތުވީ އަހަރު ބޭނުންކުރެވިފައިނެތްކަމަށް ފާހަގަކޮށް ހަސަން ލަތީފްގެ ގަރާރުގައި ބުނެފައިވަނީ، އެހެންކަމުން އިތުބާރު ހިފޭނެ ގޮތަކަށް ފަރުވާ ދެވޭނެ ނިޒާމެއް، ދިގުނުދައްމައި ސަރުކާރު އަވަހަށް ގާއިމްކުރަންޖެހޭކަމަށެވެ.

ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލަންޖެހޭކަމަށް ބުނެފައިވެއެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ފަރާތްތަކަށް ރާއްޖޭގައި ފަރުވާދިނުމުގެ ފުރުސަތު ހުޅުވާލުމަށް ގޮވާލާ، ހަސަން ލަތީފްގެ ގަރާުގައި ބުނެފައިވަނީ ނޭޝަނަލް ޑްރަގު އޭޖެންސީ (އެންޑީއޭ) އިން އެކުލަވާލާފައިވާ ޑްރަގް ޓްރީމަންޓް ޕްރޮގްރާމްތަކުގެ ގައިޑްލައިންތަކާއި އެއްގޮތަށް ފަރުވާދެވޭކަން ކަށަވަރުކުރަންޖެހޭކަމަށެވެ. އަދި ބޭސްފަރުވާދިނުމުގައި ވަކި ހާއްސަ އުސޫލެއްގެ ދަށުން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މި ހިދުމަތް ހުންނަންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ.

ހަސަން ލަތީފްގެ ގަރާރުގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފެންވަރު ރަނގަޅު ކައުންސެލިންގެ ހިދުމަތް ދެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލަންޖެހެއެވެ. އަދި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިެވސް ކައުންސެލިންގެ ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަންޖެހޭކަމަށް ވަނީ ބުނެފައެވެ.

އޭނާގެ ގަރާރުގައި ގޮވާލައިފައިވަނީ ވަގުތުން ވަގުތަށް މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ނިޒާމަށް ބަދަލު ގެނައުމަށެވެ. އަދި ފަރުވާ ނުލިބުމުގެ ސަބަބުން މުޖްތަމައުން ބާކީވަމުންދާ ދިއުން ހުއްޓުވުމަށްޓަކައި އެ ބަދަލު ވަރަށް މުހިންމުކަމަށް ހަސަން ލަތީފްގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ދާދި ފަހުން ހަސަން ލަތީފް ވަނީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީއިން ފުރުވާލެވޭ ގޮތަށް އެކުލަވާލާފައިވާ ގަވާއިދަށްވެސް އިސްލާހު ހުށައަޅާފައެވެ. ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު ފުރުވާލުމާއި ގުޅިގެން ހުށައެޅުއްވި ކުއްލި މައްސަލާގައި ހަސަން ލަތީފް ވަނީ ކަންބޮޑުވުންފާޅުކުރައްވަފައެވެ. އެގޮތުން އެމްޑީޕީގެ 40 އިންސައްތަ ވެރިކަމެއްގައި ރާއްޖެ ޑްރަގް ކާޓެލްއަކަށް ވާކައް ބޭނުމެއް ނޫންކަމަށް ހަސަން ލަތީފް ހުށައެޅުއްވި ކުއްލަ މައްސަލަގައިވާއިރު، އެ ގަވާއިދުގެ ސަބަބުން އެކަމަށް ހުށަހެޅިގެންދާކަމަށް ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: