ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙްގެ ފަރާތްޕުޅުން އަސްލަމްއާ އަލީ ނިޔާޒް ގާސިމްއާ ބައްދަލު ކުރައްވައިފި

އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމްއާ އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ފަރާތްޕުޅުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްއާ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސާލިޙްގެ ކޮށްކޯފުޅު އަލީ ނިޔާޒް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ސާލިޙްއާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރެއްވިތާ 24 ގަޑިއިރުވެސް ނުވަނީސް އަސްލަމްއާ އަލީ ނިޔާޒް ގާސިމްއާ ބައްދަލު ކުރައްވާފައި ވަނީ ގާސިމްގެ ރިޒޯޓެއް ކަމަށްވާ ސަން އައިލެންޑުގައެވެ.

މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކޯލިޝަނެއްގެ ތެރެއިން ކާމިޔާބު ކުރެއްވުމަސް ރައީސް ސާލިޙް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކޯޅިޝަން ހަދައިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ބާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސް ސާލިޙަސް ވަނީ ދީފައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމްއާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ގާސިމްއާ ބައްދަލު ކުރެއްވިނަމަވެސް މި ބައްދަލުވުމާ ގުޅޭ އެއްވެސް ތަފްސީލެއް ދެ ޕާޓީން މިހާތަނަސް ހިއްސާކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރިޔާސީ އިންތިހާބުގައި ކޯޅިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމާ ބެހޭ ގޮތުންނެވެ.

ރައީސް ސާލިޙްގެ ފަރާތްޕުޅުން އަސްލަމްއާ އަލީ ނިޔާޒް ގާސިމްއާ ބައްދަލު ކުރައްވާފައިވާއިރު ޖޭޕީ ދަނީ އެ ޕާޓީގެ ގައުމީ ޖަލްސާއަށް ތައްޔާރުވަނުންނެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަން ޖޭޕީން އިއުލާނު ކޮށްފައިވާއިރު ކެނޑިޑޭޓެއް ނެރުމާ މެދު ގޮތެއް ނިންމާނީ ގައުމީ ޖަލްސާއަށް ފަހު ކަމަށް ޖޭޕީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގައި ކޯޅިޝަނެއް ހަދައިގެން އިންތިހާބަސް ނިކުމެ ވަޑައިގަތުމަށް ރައީސް ސާލިޙް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާއިރު އެމްޑީޕީގެ ރައީސް އަދި މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ރައީސް ސާލިޙްއާއެކު ކޯލިޝަން ހަދާފާނެ ގޮތެއް އެއީ ނެތް ގޮތެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ސާލިޙްއާއެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙަށް ތާއިދު ނުކުރައްވާނެ ކަން ރައީސް ނަޝީދު ވަނީ އިއުލާނު ކުރައްވާފައެވެ. އަދި އެމަނިކުފާނު ތާއިދު ކުރައްވާނީ ”ފިކުރެއްގެ ދިރުން“ އިން ނެރޭ ކެނޑިޑޭޓަކަށް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: