ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީމަގުގެ މަސައްކަތް ކުރިއަށްދަނީ އީއައީއޭ އާ އެއްގޮތަށް: އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް އާއި އެއްގޮތަށް ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އަމީނީ މަގު ހެދުމުގެ ކޮންސަލްޓެންޓްގެ އީއައިއޭ ރިޕޯޓާއި އެއްގޮތަށް މަގު ހަދާ ނިމޭއިރު ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ނާންނަ ކަމަށެވެ. އެހެން ކަމުން އަމީނީ މަގުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް  އޮތް ޕްލޭން އަކީ ކޮބައިތޯ އާއި މަގު ހަދަމުންދަނީ ކޮންސަލްޓެންޓްގެ ލަފައާއި އެއްގޮތަށް ތޯ ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ހަސަން ލަތީފްގެ ސުވާލަށް ޖަވާބުދެމުން އަސްލަމް ވިދާޅުވީ އަމީނީ މަގުގެ އީއައިއޭގައި ބުނަނީ އެ ރިފޯޓް ހެދިއިރު މަގުގެ ޑްރެއިނޭޖް އާއި ބެހޭ ހުރިހާ ތަފްސީލެއް ލިބެން ނެތުމުން އޭގެ ނަތީޖާ ލިބެން ޗެލެންޖިން ކަމަށެވެ. އަމީނީ މަހުގެ ފެން ހިންދާ ނެޓްވޯކުން ފެން ހިނދޭނެ ސްޓޭންޑަޑަކަށް މީޓްކުރުން މުހިއްމު ކަމަށް ރިޕޯޓްގައި ބުނެފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އަމީނީ މަގުގައި މިހާރުވެސް ފެން ބޮޑުވާ ކަމަށް އާއިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށާއި ހައްލު ހޯދުން މުހިއްމު ކަމެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަމީނީ މަގުގައި މިހާރު އަޅާފައިވާ ފެންހިންދާ ނިޒާމަކީ ގްރެވިޓީ ފްލޯއަކުން މަގުމައްޗަށް އެޅޭފެން، ޕަމްޕް ސްޓޭޝަން ތަކަށް ގޮސް އެ ޕަމްޕް ސްޓޭޝަން ތަކުން ޕަމްޕް އައުޓް ކުރާގޮތަށް ހަދާފައިވާ ކަމުގައި އަސްލަމް ވިދާޅުވިއެވެ.

އަމީނީ މަގުގައި ފެން ހިންދުމަށް 5 ޕަމްޕް ސްޓޭޝަން ހުންނާނެ ކަމަށާއި އެވަރުން ފެން ހިނދުމަށް ފުދޭނެ ކަމަށް އިންޖިނޭރު ބުނިކަމަށް އަސްލަމް ވިދާޅުވިއެވެ.

މިހާރު ފެން ހިންދުމަށް ބޭނުންކުރާ ނިޒާމްގެ ގްރެވިޓީ ފްލޯގައި ފެން ފްލޯކުރުމަށް އަޅާފައިހުރި ހޮޅިތަކުގެ ޑައިމީޓަރަކީ 150 މިލިމީޓަރާއި 300 މިލިމީޓަރުގެ ޑައިމީޓަރު ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ޕަމްޕް ސްޓޭޝަން ތަކުން ބޭރުކުރުމަށް 160 މިލިމީޓަރާއި 280 މިލިމީޓަރާއި ދެމެދުގެ ޑައިމީޓަރުގެ ހޮޅި އަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަލަށް  ސްޓޯމް ވޯޓަރ ނިޒާމްގައި މިދެންނެވި ގްރެވިޓީ ފްލޯގެ ޕައިޕްތައް 315 ޑައިމީޓަރަށް ބޮޑުކޮށްފައިވަނީ . އަދި ފަމްޕް ކުރާ ހޮޅިތައް 314 ޑައިމީޓަރަށް ވަނީ ބޮޑުކޮށްފައި.

އަސްލަމް ވިދާޅުވީ މިވަގުތު ހުރި ޕަމްޕް ތަކުގެ ކެޕޭސިޓީ އަކީ 9 ކިލޯވޯޓް ކަމަށާއި ނަމަވެސް މަޝްރޫއު ނިމިގެންދާއިރު އެއަދަދު 21 އަށް ބޮޑުކުރެވިގެން ދާނެ ކަމަށެވެ.

ފެންހިންދާ ނިޒާމަށް ގެނެވޭ ބަދަލާއެކު ގަޑިއަކު 1000 ކިއުބިކް މީޓަރުގެ ފެން މަގުން ބޭރުވެގެން ދާނެ ކަމަށް އަސްލަމް ވިދާޅުވިއެެވެ.

އެހެންވީމަ، އީއައިއޭ ހެދިއިރު މިތަފްސީލްތައް ނެތީމަ، އީއައިއޭ ހެދި ކޮންސަލްޓެންޓް ފާހަގަކޮށްފައިވަނީ މިކަމަށް ރަނގަޅަށް އެޑްރެސްކުރަން އެބޭފުޅުން ލަފާދެއްވާފައި.

އަސްލަމް ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ކުރިއަށްދަނީ އީއައިއޭގެ ލަފައާއި އެއްގޮތަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: