ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރަމުންދަނީ ވަކި މަގްސަދެއް ހާސިލްކުރުމަށް: ޑރ ޖަމީލް

ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި އިސްކޮށް ހަރަކާތްތެރިވާ ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހްމަދު / ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުން އައްޔަން ކުރަމުންދަނީ ވަކި މަގްސަދެއް ހާސިލްކުރުމަށް ކަމަށް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި އިސްކޮށްހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އަށް ކުރެވުނު 11 އަހަރުގެ ޖަލުހުކުމާއި ބެހޭ ގޮތުން ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ ޖަމީލް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަން ކުރަނީ ޤާނޫނީ ފަންނުގެ ފެންވަރަށް ބެލުމެއް ނެތި ކަމަށާއި ރާއްޖޭގެ ކޯޓްތަކުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ.

ޑރ ޖަމީލް ވިދާޅުވި ގޮތުގައި ދަށު ކޯޓުގެ ފަނޑިޔާރުން ޤާނޫނު އެޕްލައި ކުރުމުގައި ވަނީ ބޮޑެތި ގޯސްތަކެއް ހަދާފައެވެ. ފަނޑިޔާރުން ގާނޫނު އެޕްލައި ކުރުމުގައި ބޮޑެތި ގޯސްތަކެއް ހެދޭނީ ފަނޑިޔާރުންގެ ފެންވަރު ނެތުމުން ނުވަތަ ރަނގަޅު ތަމްރީނެއް ލިބިފައިނެތުމުން ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

މިނިވަން ޝަރުއީ ނިޒާމެއް ގާއިމް ކުރުމުގައި ފަނޑިޔާރުންގެ ސެލެކްޝަން ޕްރޮސެސް ރަނގަޅުކުރުމަކީ ދުނިޔޭގެ ހުރިހައި ހިސާބެއްގައިވެސް އިސްކަންދޭ މުހިއްމު ކަމެއް ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ވަކި ކަމެއް ހާސިލް ކުރުމަށް ބޭނުންވާ މީހަކު، ޝަރުއީ ނިޒާމަށް އެޕޮއިންޓް ކުރެވިގެން ނުވާނެކަން އދ އިން ވެސް ބަޔާންކޮށްފައިވާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އިހްތިޔާރު ކުރަނީ ވަކި ކަމެއް ހާސިލްކޮށްދޭނެ ބަޔަކު އައްޔަނު ކުރުމަށް އިސްކަންދީގެން ކަމަށް ޑރ ޖަމީލް ވިދާޅުވެފައިވެއެވެ.

ޑރ ޖަމީލް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަށް ހިނގަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތުގައި ފޮރުވިފައިވާ ކަންތައްތަކެއް އެބަހުއްޓޭ. ރައީސް ޔާމީންގެ ޝަރީއަތް ވަންނަން ހިންގަވާ ކޮންމެ ފަހަރަކު ދައުލަތުގެ ނުފޫޒު އެބަވަދޭ. ސަރުކާރުން ކަނޑައެޅިގެން ނުފޫޒު އެބަ ފޯރުވައޭ. ފޯރުވަނީ ސިއްރަކުންނެއްވެސް ނޫން. އަޅުގަނޑު މިއަދު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރައްޔިތުން މިވާހަކަ ދައްކަންޖެހޭ.

ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ބަދަލެއްގެ ގޮތުގައި އެއްމިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަންނަވައި އެފައިސާ ލޯންޑަރ ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީން ޖަަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ހުސްވި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މައްސަލަ އިސްތިއުނާފް ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ތައްޔާރުވަމުންދާއިރުގައި މީގެ ކުރިން ޑރ ޖަމީލް ވިދާޅުވެފައިވަނީ އިސްތިއުނާފުގެ އަޑުއެހުންތައް އަވަސްވާނެ ކަމަށެވެ. އެހެންކަމުން މިއަހަރުގެ މާޗް މަހު ނުވަތަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރައީސް ޔާމީން މިނިވަން ވާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އަދި އިދިކޮޅުން ރައީސް ޔާމީން އަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށް ދަނީ ބުނަމުންނެވެ.

މީގެ އިތުރުން އިދިކޮޅާއި ރައީސް ޔާމީންގެ ވަކީލުންގެ ޓީމާއި ޑރ ޖަމީލްވެސް މީގެ ކުރިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: