ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހް، ރިޔާސީ އިންތިހާބުގެ މަޝްވަރާތައް އެމްޑިއޭ އާއެކު ކުރިއަށް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެމްޑީއޭ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހް، މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އެކު ސިޔާސީ މަޝްވަރާތައް ފަށައިފިއެވެ.

ރައީސް ސާލިހްގެ ފަރާތްޕުޅުން ރިޔާސީ އިންތިހާބާއިބެހޭ މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ބޭފުޅުން ކަމަށް ވާ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެމްޑީއޭގެ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.

ސަބް ސިޔާމް ބިލްޑިންގ ގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި  މުހައްމަދު ރަޝީދާއި ފައްޔާޒް އާއި އެކުގައި އެމްޑީއޭގެ ކައުންސިލްގައި ހިމެނޭ ޕާޓީގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް އާއި ނައިބު ލީޑަރު އައިޝަތު ރަފިއްޔާ ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމާއި ބެހޭ އެއްވެސް ތަފްސީލެއް ދެ ޕާޓީގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ސާލިހް ވަނީ ރިޔާސީ އިންތިހާބާއި ބެހޭ ގޮތުން ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް އެމްޑީއޭ އަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެކަމާއި ގުޅިގެން އެމްޑީއޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިހަފްތާގެ ބުދަ ދުވަހު ސެންޓްރަލް ހޮޓެލްގައި ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީއޭ އިން ވާދަނުކުރުމަށް ވަނީ ނިންމާފައެވެ.

ރައީސް ސާލިހް ވަނީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އާއި މީގެ ކުރިން ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ސިޔާމް ވަނީ އިންތިހާބުގައި ވާދަނުކުރަން ނިންމާފައެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާމް ވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އާއި އެކު ކޯލިޝަން ހައްދަވާފައެވެ.

ރައީސް ޔާމީން އާއި ސިޔާމް އަކީ ގާތް ދެއެކުވެރިންގެ ގޮތުގައި މާޒީގައި ވަނީ ފެނިގެން ގޮސްފައެވެ.

މީގެ އިތުރުން ޕީޕީއެމް އިން ވަނީ ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް ސިޓީއެއް އެމްޑީއޭ އަށް ފޮނުވާފައެެވެ. އެކަން ހާމަކޮށް އެމްޑީއޭ އިން ބުނީ އެ ސިޓީ އާއި މެދު އެޕާޓީން މަޝްވަރާ ކުރުމަށް ފަހު ޖަވާބު ހާމަ ކުރާނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: