ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ޥާދަކުރުމާއި ގުޅޭ ގަރާރެއް ކޮންގްރެސް އަށް ހުށަހަޅަނީ

ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަހްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ގޮތަކާއި މެދު ލަފާދޭ ގަރާރެއް އެޕާޓީގެ ކޮންގްރެސް އަށް ހުށަޙަޅައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް މި މަހުގެ 24 އިން 25 އަށް ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނުވަތަ ކޮންގްރެސް އާއި ބެހޭ މައުލޫމާތު ދެމުން ޕާޓީގެ އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވީ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު ވަނީ  ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ގޮތަކާއި މެދު ގޮތެއް ނިންމުމަށް ލަފާދޭނެ ގަރާރެއް ކޮންގްރެސް އަށް ހުށަހަޅާފައިކަމަށެވެ.

ޖުމްހޫރީ ޕާޓީއިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ އެކަނިތޯ ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯލިޝަނަކާއި އެކުގައި ތޯ ކޮންގްރެސް އިން ނިންމާނެ. އެކަމާއިގުޅުން ހުރި ގަރާރަށް ހަމަ ކޮންމެ މީހަކަށް ވެސް ބަހުސް ކުރެވޭނެ.

އަބްދުﷲ އަހްމަދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރުމަށް ހުޅުވާލައި ބަހުސް ކުރިއަށް ދާއިރު ރިޔާސަތުގައި އިންނަވާނީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.

ކޮންގްރެސްގައި މި ނިންމާނީ ރިކޮމެންޑޭޝަނެއްގެ ގޮތުގައި މި ކަން ޕާޓީގެ ކައުންސިލަށް ހުށަހަޅަން ނުވަތަ ނާޅަން، ގޮތް ނިންމުން އޮންނާނީ ކައުންސިލުން އޭގެ ފަހުގައި

އެ ގަރާރު ކޮންގްރެސް އިން ފާސްވީ ނަަމަވެސް ޕާޓީގެ ކައުންސިލުން އެގަރާރަށް އަމަލު ކުރުމަށް ފާސް ނުކުރާހާ ހިނދަކު އެއަށް އަމަލުކުރަން ލާޒިމު ނުވާނެ ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ މަޝްވަރާތައް ކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތުން ޓީމެއް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ބައްދަލުކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީ އިން އަދި މިހާތަނަށް ކޯލިޝަނެއް ހެދުމާއި ގުޅޭގޮތުން ގޮތެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީ އާއި ރައީސް ސާލިހް ވެސް ވަނީ މީގެ ކުރިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް އެމްޑީޕީ އާއި އެކުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގާސިމް، ރައީސް ސާލިހް އާއި  އެކު ކޯލިޝަން ނުހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

ގާސިމް ވަނީ ވޭތުވެދިޔަ ތިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައެވެ. އަދި އިންތިހާބުގެ ދެވަނަ ބުރާއި ހިސާބުން އަބަދުވެސް އެހެން ޕާޓީ އަކާ އެކުގައި ގާސިމް ދަނީ ކޯލިޝަން ހައްދަވަމަުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް ގޮތެއް ނިންމާނީ ޖޭޕީގެ ކޮންގްރެސް އިން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: