ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕުން އެމްޑީއޭ އާއި ބައްދަލުކޮށްފި

އެމްޑީއޭ އާއި ޕީޕީއެމް އަދި ޕީއެންސީގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން އެމްޑީއޭ އާއި ބައްދަލުކޮށްފިއެވެ.

މިއަދު ހަވީރު ސަން ސިޔާމް ބިލްޑިންގ ގައި ކުރިއަށްދިޔަ ބައްދަލުވުމަށް ފަހު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދަކީ ވަރަށް ގާތް ދެބޭފުޅުން ކަމަށެވެ.

ރައީސް ޔާމީންގެ ކާމިޔާބު ފަސްއަހަރުގެ ވެރިކަމުގައި އެންމެ މުހިއްމު އެއް ބައިވެރިއަކީ އެމްޑީއޭ. އެހެންވީމަ އެމްޑީއޭ އާއި ޕީޕީއެމް އާއި ޕީއެންސީ އަކީ ހަގީގަތުގައި ތިން ޕާޓީއެއް ނަމަވެސް އެއް ޕާޓީއެއް. އެހެންވީމަ މިއަދު ނިމިގެން މިދިޔައީ ވަރަށް ކާމިޔާބު ބައްދަލުވުމެއް.  ޝުޖާއު

ސުޖާއު ވިދާޅުވީ އެމްޑީއޭ އާއި ޕީޕީޢެމް އަދި ޕީއެންސީން މިއަދުގެ ބައްދަލުވުމުގައި ކޮންމެހެންވެސް ދައްކަންޖެހޭ މުހިއްމު ވާހަކަތައް ހިއްސާކުރެވިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ދެ ޕާޓީގެ އެހެން ބައްދަލުވުންތައް ކުރިއަށް ދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ،

އެމްޑީއޭ އަކީ ޕީޕީއެމްގެ ރައީސް ޔާމީންގެ ޒައާމަތުގައި ވަރަށް ކާމިޔާބު ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އޮތް ޕާޓީއެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މި ކޯލިޝަން ހެދޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު. ވަރަށް ކާމިޔާބު ބައްދަލުވުމެއް.

މިއަދު ކުރިއަށް ދިޔަ ބައްދަލުވުމަށް ފަހު އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ މިއަދު ހެނދުނު އެމްޑީޕީ އާއި އެކު ބައްދަލުވުމެއް ކުރިއަށް ދިޔަ ކަމަށެވެ. އަދި ހަވީރު ޕީޕީއެމް އާއި އެކު މަޝްވަރާ ކުރަނީ އެޕާޓީ އިން ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް ފޮނުވި ސިޓީއަކާއި ގުޅިގެން ކަމަށެވެ.

އެމްޑީއޭ އަކީ ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ކޮންމެ ބޭފުޅަކަށް އިހްތިރާމްކޮށް ކޮންމެ ސިޔާސީ ޕާޓީއަކަށް އިހްތިރާމް ކުރާ ޕާޓީއެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަކީ ގައުމީ މަސްލަހަތު އިސްކޮށް ގައުމު ރަނގަޅު މިސްރާބަށް ގެންދިއުމަށް މަސައްކަތް ކުރުމަށް އުފެދިފައިވާ ޕާޓީތަކެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެމްޑީއޭ އުފެދިގެން އައި  2012 ވަނަ އަހަރު ކަމަށް މައުރޫފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން 2013 ގައި ރައީސް ޔާމީން އާއި އެކު ކޯލިޝަން އެގްރިމެންޓަކާއި އެކީގައި އަދި އަޅުގަނޑުމެން ވަނީ ވަރަށް ފުރިހަމަ ކަމާއެކީގައި  ކޯލިޝަން ފަސްއަހަރު ނިންމާފަ.  މައުރޫފް

މައުރޫފް ވިދާޅުވީ އެމްޑީއޭ އިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކޮށް މަޑުޖައްސާލުމުން ޕާޓީއަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބުނު ކަމަށެވެ.

އެހެންވީމަ އަޅުގަނޑުމެންގެ ގައުމީ ކައުންސިލުން މިއަދު ނިންމީ އަޅުގަނޑުމެން 2023 ގައި ކޯލިޝަން އާއި އެކީގައި ދަތުުރުކުރުމުގެ ވިސްނުން، އެހެންވީމަ އެގޮތުން މިއަދު ޕީޕީއެމް އާއި އެކީގައި މި ބައްދަލު ކުރީ.  މައުރޫފް

މައުރޫފް ވިދާޅުވީ ކުރެވިގެން ދިޔައީ ބިނާކުރުވަނިވި މަޝްވަރާތަކެއް ކަމަށާއި ދެޕާޓީގެ ފަރާތުން  ބޭނުންވާ ކަންކަން ހިއްސާކޮށް ފުރަތަމަ  ބައްދަލުވުމެއްގެ ގޮތުގައި މިއަދުގެ ބައްދަލުވުން ވަނީ ކުރިއަށް ގޮސްފައެވެ.

މައުރޫފް ވިދާޅުވީ އެމްޑީއޭ އިން ކޯލިޝަން އަކަށް ދާނީ ރައްޔިތުންގެ މަސްލަހަތާއި ގައުމާއި ދީނުގެ ހައްގުގައި އެންމެ ރަނގަޅު ބަޔަކާ އެކީގައި ކަމަށެވެ. އަދި މިގައުމަށް އެންމެ ފައިދާ ހުރި ކަންކަމާއި ގައުމު ހަމަހިމޭން މަންޒިލަކަށް ގެންދިއުމަށް މަސައްކަތް ކުރެވޭ ބަޔަކާއި އެކު އެމްޑީއޭ އިން ކޯލިޝަން ހަދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެމްޑީއޭ އިން ދެކޭ ގޮތުގައި ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ  ޓުއަރިޒަމްގެ މައްޗަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ހަމަޖެހުމަށްޓަކައި ސިޔާސީ ހަމަޖެހުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން ގައުމުގެ ހަމަޖެހުމަކީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ އެންމެ ބޮޑު ވިސްނުންފުޅު ކަމަށް މައުރޫފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: