ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ދޫކޮށް އެމްޑީއޭއިން މުއިއްޒުއަށް ތާއިދު ކުރަން ނިންމަވައިފި!

ރިޔާސީ ކެމްޕެއިނަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި ސިޔާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އާއެކު އޮތް ކޯލިޝަން ރޫޅާލައި އެމްޑީއޭއިން ޑރ. މުއިއްޒުއަށް ތާއިދުކުރަން ނިންމަވައިފިއެވެ.

އެމްޑީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބުރައީސް އަލީ މައުރޫފް ވިދާޅުވީ ދެވަނަ ބުރުގައި އެޕާޓީއިން މުއިއްޒުއަށް ތާއިދު ކުރަން ނިންމެވީ 33 ބޭފުޅުންގެ ތާއިދާއި އެކުކަމަށެވެ.

36 މެންބަރުންނާއި އެކު ބޭއްވި ގައުމީ މަޖިލީހަކީ އެޕާޓީ އިން ދެވަނަ ބުރުގައި ކަންކުރައްވާނެ ގޮތަކާއިމެދު މަޝްވަރާކުރެއްވުމަށް ބޭއްވި މަޖިލީހެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ގައުމީ ކައުންސިލުން ހުށައެޅުމެއް އޮތް ނަމަ އެހުށައަޅުމަށް ފުރުސަތު ދެއްވުމުން 3 ހުށައެޅުމެއް ހުށަހަޅާފައި ވާކަމަށް މައުރޫފް ވިދާޅުވިއެވެ. ފުރަތަމަ ހުށައެޅުމަކީ ޕާޓީގެ ރައީސް އަހްމަދު ޝިޔާމް މުހައްމަދު ހުށައެޅުއްވި ހުށައެޅުމެއް ކަމަށް ވިދާޅުވިއެވެ. އެހުށައެޅުމުގައި ވަނީ އެއްވެސް ފަރާތަކަށް ތާއިދު ނުކުރުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. އެ ކަމަށް ތާއިދު ދެއްވީ ދެ މެންބަރުން ކަމަށް މައުރޫފް ވިދާޅުވިއެވެ.

ދެވަނަ ހުށައެޅުމަކަށް ޝުއައިބް ހުށައެޅީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެކު ކޯލިޝަން ދެމެހެއްޓުމަށް ކަމަސް މައުރޫފް ވިދާޅުވިއެވެ. އެ ކަމަށް ތާއިދު ކުރެއްވީ 2 ބޭފުޅުން ކަމަށް ވިދާޅުވިއެވެ. މައުރޫފު ވިދާޅުވީ ގިނަ ބޭފުޅުން ވިދާޅުވީ ރައީސް ސާލިހް އަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ލިބުނު ނަތީޖާއަށް ބަލައި އެޕާޓީއިން ހަމަހިމޭން ވި ކަމަށް ގައުމީ މަޖިލީހުން ބުނާ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ސާލިހްއާއި އެކު ކޯލިޝަން ރޫޅާލުމަށް ނިންމި މައިގަނޑު ސަބަބު ތަކަކީ އެއީ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ފުރަތަމަ ބުރަށް ފަހު ކެމްޕޭނުގެ ހަރަކާތްތަށް ނިންމާލުމާއި ޖަގަހަތަށް ބަންދުކުރި ކަމަށް މައުރޫފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: