ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ފަހަތުގައި ތިއްބެވީ ދީން ނަގަހައްޓާ، އިގްތިސާދު ކުރިއަރުވާނެ ބާނީން: ރަފިއްޔާ

ރައީސް ސާލިހާއިއެކު ދެވަނަ ދައުރެއް ހޯދުމަށް ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނައިބު ރައީސްކަން ކުރައްވާ ޑރ .އައިޝަތު ރަފިއްޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަހަތުގައި ތިއްބެވީ ދީނާއި، އިގްތިސާދު ކުރިއަރުވާނެ ކޯލިޝަން ޕާޓުނަރުންކަމަށް ރައީސް ސާލިހާއިއެކު ދެވަނަ ދައުރެއް ހޯދުމަށް ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނައިބު ރައީސްކަން ކުރައްވާ ޑރ އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެެވެ.

ހއ ދިއްދޫގައި ބޭއްވި ރައީސް ސާލިހުގެ “އުފާވެރި އަމާން ރާއްޖެ” ކެމްޕެއިން ޖަލްސާގައި ރަފިއްޔާ ވަނީ ވާހަކަދައްކަވާފައެވެ. އެމްޑީޑޭއިން ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމާފާވާތީ މީހުން ހަޖޫ ޖައްހާކަމަށް ފާހަގަކޮށް، ރަފިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ފެހި ގާނޫނު އަސާސީގައި މަލްޓި ޕާޓީއަށް ތަން ދިން އިރުގައި އެއްބުރުން އިންތިހާބު ކާމިޔާބުކުރެވުން ހަމައެކަނި ވެރިއަކީ ރައީސް ސާލިހުކަމަށެވެ.

ދެވަނަ ބުރަށް ހޮވައިވަޑައިގެންވެސް ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ ރައީސްއަކީ، ރައީސް ސާލިހުކަމަށާއި، ރާއްޖެ ބިނާވެފައި އޮތީ ދީނާއި ގައުމިއްޔަތާއި އިގްތިސާދުގެ މައްޗަށްކަމަށް ފާހަގަކޮށް ރައްފިއްޔާ ވިދާޅުވީ، މިހެން ކަން އޮތްއިރު، ރައީސް ސާލިހުގެ ފަހަތްޕުޅުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ހުރީ، ރާއްޖޭގައި އިސްލާމީ ވަހުދަތު ނަންގަވާ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އަދި ރާއްޖޭގެ އިގްތިސާދުގެ އެންމެ ވަރުގަދަ އެއް ބާނީ އެމްޑީއޭގެ ރައީސް މުހައްމަދު ސިޔާމްކަމަށެވެ. އެހެންކަމުން އެއްބުރުން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

އެއްބުރުން މިކަން ނުވާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިކަން މިއޮތީ ނިމިފަ.

ރަފިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަފިއްޔާވަނީ ރައީސް ސާލިހުގެ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ކަންކަން ނިންމުމުގައި ގޮތް ނިންމުމުގެ 30 އިންސައްތަ ކައުންސިލްތަކުގެ އަންހެނުންނަށް ދެއްވަން ކެރިވަޑައިގެން ހަމައެކަނި ވެރިއަކީ ރައީސް ސާލިހުކަމަށް ރަފިއްޔާ ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްގީއަށް ރައީސް ކޮށްދެއްވާފައިވާ ކަންކަން ފާހަގަކޮށް، ތައުލީމާއި އެހެން ފަހި ފުރުސަތުތައްވެސް އަންހެނުންނަށް ރައީސް ސާލިހު ހޯދައިދެއްވާފައިވާކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

ރިޔާސީ ދައުރެއްް ނިންމުމަށްފަހު، ވެރިން ދެވަނަ ދައުރެއް ހޯދުމަށް ނިންމަނީ ގިނިކަންޏާ ނަމަވެސް، ރައީސް ސާލިހު ނިކުމެވަޑައިގަތީ އެންމެ ބޮޑު ކޯލިޝަނާއިއެކުކަމަށް ރަފިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންވެސް މަރުހަބާ ދެންނެވުމަށް ނިކުންނަވަނީ އެއްވެސް ނުފޫޒަކާއި ނުލާކަމަށްވެސް ރަފިއްޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: