ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭތީ އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް!

ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް)، ދިވެހިންގެ ބޭންކް.
ޝެއާރކޮށްލާ ކަހަލަދޯ؟
އެކައުންޓްގެ ވެރިފަރާތުގެ އެނގުމާނުލައި ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެކައުންޓުތަކުން ފައިސާ ގެއްލުން ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާތީ، އެ މައްސަލަ ބަލައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުއެވެ.

ސިރާޖު ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ ބީއެމްއެލްގައި ރައްޔިތުން ރައްކާކޮށްފައިވާ އެތަކެއް ފައިސާއެއް އެކައުންޓުގެ ވެރި ފަރާތަށް އެނގުމަކާއި ނުލައި އެކައުންޓުތަކުން ނަގަމުންދާކަމަށެވެ. އަދި މިކަމުގެ ޝަކުވާގެ އަދަދު ދުވަހުން ދުވަހަކަށް އިތުރުވަމުން ދާކަން ވަނީ ފާހަގަކޮށްފައެވެ.

މި ޝަކުވާތަކަށް ބީއެމްއެލްއިން ދެމުންގެންދާ ޖަވާބަކީ އެކައުންޓުތަކުން ފައިސާ ނަގަމުން ގެންދާ ސަބަބަކީ އެކައުންޓުގެ ވެރިފަރާތް ގޮތް ނޭނގޭ ލިންކުތަކަށް ފިތުމާއި، އެކަުންޓުގެ ވެރިފަރާތުގެ މައުލޫމާތު ހިއްސަކުރަންނުޖެހޭ ފަރާތްތަކާއި ހިއްސާކުރަމުން ދިއުންކަން ފާހަގަކޮށް، ސިރާޖު ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެހެން ނަމަވެސް ރައްޔިތެއްގެ ހައިސިއްޔަތުން އޭނާއަށްވެސް މި ވާހަކަ ގަބޫލުކުރަން ދަތިކަމަށެވެ.

އެކައުންޓުތަކުން ފައިސާ ގެއްލުމުގައި ބީއެމްއެލްގެ އިހުމާލުވާކަމުގައި އޭނާ ދެކެންކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިކަމުގައި ބީއެމްއެލްއި މަސައްކަތްކުރާ ފަރާތްތަކުގެ އަތެއްވާކަމުގެ ތުހުމަތުކުރުމުގެ ޖާގަވާކަމަށްވެސް ސިރާޖުގެ ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީއިން ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ވަދެ ދައުލަތަށް އެފައިސާތައް ގެއްލިގެން ދިއުމުގެ އެންމެ އިސް އެއް ދައުރެއް އަދާކުރި ފާރާތަކީވެސް ބީއެމްއެލްކަން ފެންނަ ހުރި ލިޔެކިއުންތަކުން ސާފުކޮށް ފެންނަން އެބަހުރިކަމަށް ސިރާޖު ވަނީ ވިދާޅުވިއެވެ.

އެހެންކަމުން ބީއެމްއެލްގެ އެކައުންޓުތަކުން ރައްޔިތުންގެ ފައިސާ ނަގަމުން ދާ ގޮތް ހޯދުމަށްޓަކައި މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީއިން މި މައްސަލަ ބަލައިދެއްވުމަށް ސިރާޖު ވަނީ އެދިފައެވެ. އަދި މިކަމުގައި ޖިނާއީ ތަހުގީގެއް ހިންގަންޖެހޭކަމުގައިވާނަމަ އެ މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅައި މައްސަލަ ތަހުގީގުކޮށްދެއްވުމަށް ހުށަހަޅައިދެވުމަށްވެސް ސިރާޖު ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: