ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯރަމް ގެއްލުވާލީ ޕީޕީއެމް/ޕީއެންސީ ނުހިމަނާ ކޮމިޓީއެއް އެކުލަވާލީމަ: ސިރާޖު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުންގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ޑިފެކްޝަން ބިލު ފާސްކުރި ދުވަހު ޕީޕީއެމް ޕީއެންސީގެ ޕީޖީ ގުރޫޕުން މަޖިލީހުގެ ކޯރަމް ގެއްލުވާލީ އެ ޕާޓީ ނުހިމަނައި އެކަމާއި ގުޅުން ހުރި ކޮމިޓީއެއް އެކުލަވާލުމުން އެކަމާއި ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުންކަމަށް މައިނޯރިޓީ ގުރޫޕުގެ ލީޑަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީގެ ޕީޖީ ގުރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑާއި ގުޅުން ހުރި ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި ދުވަހާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އަމަލުކުރާ އާންމު އުސޫލާއި ހިލާފަށް ގިނަ ކަންކަން ހިނގާފައިވާކަމަށެވެ. އެގޮތުން ވޯޓަށް އެހުމުގެ ފަހުން މެދުކަނޑާލުމަކީ އާންމުކޮށް އަމަލުކުރާ އުސޫލު ނޫންކަން ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ގަވައިދުތައް ހެދިފައިވަނީ ވޯޓުގަޑީގައި ނިޒާމީ ނުކުތާއެއްވެސް ނުނެގޭނެ ގޮތަށް ހަރުދަނާކޮށްކަމަށެވެ. އެހެންނަމަވެސް ވޯޓުލުން ކުރިއަށްދަނިކޮށް ދިމާވިކަމަކާއި ގުޅިގެން ވޯޓު މެދުކަނޑާލިކަމަށް އަލިއެޅުއްވިއެވެ. ސިރާޖު ވިދާޅުވީ، އެ ދުވަހުގައި އެންޓި ޑިފެކްޝަން ބިލުގެ ވޯޓެއް އޮތްކަމަށާއި އެ ވޯޓުގައި ޕީޕީއެމް ޕީއެންސީގެ މެމްބަރުންވެސް ބައިވެރިވެވފައިވާކަމަށެވެ. އަދި އެ ބިލަކީ ކޮމިޓީ މަރުހަލާގައި ދިރާސާކުރަންޖެހޭ ބިލެއްކަމަށް ދެކޭކަމަށްވުމުން ވޯޓު ދީފައިވާނީ ބަލައިގަތުމަށްކަމަށްވެސް ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާފައިވަނީ ސިޔާސީ ޕާޓީތަކަށް ރިއާޔަތްކޮށް ހަރުދާނާ އުސޫލެއްގެ މަތިންކަމަށެވެ. އަދި ދާއިމީ ކޮމިޓީތަކަށް މައްސަލަތައް ފޮނުވާ ގޮތަަށް ގަވައިދުގައި ލިޔެފައިވާކަމަށާއި އެކަން ކުރެވިފައިވަނީ ހުރިހާ ޕާޓީތަކާއި މިނިވަން މެމްބަރުންގެ ބައިވެރިވުންވެސް އޮންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ މަގުސަދުގައިކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ދުވަހު ބިލު ފާސްކުރެވުމާއިއެކީގައި ވަކިން ކޮމިޓީއެއް ހާއްސަ ގޮތެއްގައި މައިނޯރިޓީ ޕާޓީ ނުހިމަނައި އެކުލަވާލުމުން އެކަމާއި ދެކޮޅަށް އިހުތިޖާޖުކުރެއްވިކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ އިހުތިޖާޖުގައި އެ ދުވަހުގައި ޕީޕީއެމް ޕީއެންސީއިން ކޯރަމް ގެއްލުވާލާފައިވާނެކަމަށާއި އެެހެންނަމަވެސް އާންމު އުސޫލަކީ ކޯރަމް ގެއްލުނީމަވެސް ރަނގަބީލު ޖަހާފަ މަޖިލީސް ގުރޫޕުގައިވެސް އެކަމަށް ދެންނެވުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ދުވަހު 15 ވަރަކަށް މިނެޓަށްފަހު ޕީޕީއެމްޕީއެންސީއަށް މަޖިލިސް އޮތް ކަން ނާންގައި ނިންމަލިކަމަށް ފާޙަގަކުރެއްވިއެވެ. މަޖިލީސް ގުރޫޕުގައިވެސް އެ ވާހަކަ ނުޖަހާކަމަށާއި ބެލް ޖެހި އަޑުވެސް ނީވޭކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވޯޓާއިމެދުވެސް ބައެއް ކަންބޮޑުވުންތައް ހުރިކަމަށާއި އެގޮތުން 25 އިންސައްތަ މީހުން ވޯޓުގައި ހިމެނެންޖެހޭކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެ ވޯޓުގައި ބައިވެރިވީ ދެ މެމްބަރުންނާއި މަޖިލީހުގެ ރައީސްކަމަށް ފާޙަގަކުރެއްވިއެވެ. އެނާ ވިދާޅުވީ ސަމާސާއެއްގެ ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ޕީޕީއެމް ޕީއެންސީ އިން ބަލައިނުގަންނަކަމށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: