ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިރާޖުގެ ފާޑުކިއުން އިމްރާނާއި ސީޕީ ހަމީދަށް: ފުލުހުންގެ ހިދުމަތް އިސްލާހު ކުރާނެ ދުވަހެއް ހަމަ ނާންނާނެ ދޯ؟

ފުނަދޫ ދާއިރަގެ މެމްބަރު މޫސާ ސިރާޖު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ބޭންކް ސްލިޕްތަކަކާއި އިތުރު ލިޔުންތަކެއްގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް ލިޔެފައި އޮތުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ނުރުހުންވެ، ފާޑުކިޔުން އަމާޒުކުރައްވާފިއެވެ.

އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ ރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި  އަޑުއެހުމުގައި ކުރިޔަށް ގެންގޮސްފައިވަނީ ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހާޒިރުކުރީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް ހެދި ފުލުހެކެވެ. އެއީ ޗެކް ޖަމާކުރި ލިޔުމުގައި ލިޔެފައިވާ އަތު ލިޔުންތައް ތަހުލީލުކުރި ތަހުލީލުކުރި ފުލުސް އޮފިސަރެވެ. ދައުލަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި އެ ފުލުސް މީހާ ބުނިގޮތުގައި ލެބޯޓްރީއާ ހަމައަށް އެ ލިޔުންތައް ތަހުލީލު ކުރަން ގެނައީ ހުރިހާ އިޖްރައާތުތައް ފުރިހަމަވެގެންނެވެ. އަދި އެތަކެއްޗާ ހަވާލުވަނީ ވެސް ޗެއިން އޮފް ކަސްޓަޑީ (ހެކި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ލިޔުން) ފުރިހަމަވާ ނަމަ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ޗެއިން އޮފް ކަސްޓަޑީގައި އެ ހެކި ހޯދި ކަމަށް ފުލުހުން ލިޔެފައި އޮތީ ނުބައި ތާރީޚެވެ. އެ ލިޔުމުގައި ހެކި ހޯދި ތާރީޚެއް ކަމަށް އޮތީ 23 އޮގަސްޓް 2026 އެވެ. އެކަން ޔާމީންގެ ވަކީލުން ފެންމަތި ކުރުމުން ޗެއިން އޮފް ކަސްޓަޑީގައި މައްސަލައެއް އުޅޭ ކަމަށް އޭނާ އެއްބަސްވިއެވެ.

އޭނާ ބުނިގޮތުގައި ތަހުގީގު މަރުހަލާގައި އެކަން ފާހަގަވެފައެއް ނުވެއެވެ.

މިކަމާއިމެދު ނުރުހުންވެ ސިރާޖު ކުރެއްވި ޓްވީޓުގައި ވަނީ ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަމުނުދާކަމަށެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު އާއި ހޯމް މިނިސްޓާ ޝެއިހު އިމްރާން އަށް ޓެގު ކުރައްވާ ސިރާޖު ވަނީ ފުލުހުންގެ ހިދުމަތް އިސްލާހު ކުރާނެ ނުވަތަ އެކަން ވާނެ ދުވަހެއް ނާންނާނެތޯ ސުވާލުކުރައްވާފައެވެ.

މީގެ ކުރީގައިވެސް ރައީސް ޔާމީން ޖަލުގައި ހުންނެވުމަށް ފަހު ކުރީގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި އިރުވެސް ލިޔެކިޔުމުގައި ވަނީ މައްސަލައެއް ދިމާވެފައެވެ. އެފަހަރުގައި ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކުގެ ނަންބަރާއި ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަންބަރު ދިމާނުވިއެވެ.

ގިނަ ބަޔަކު ބުނަމުން އަންނަނީ ރައީސް ޔާމީންގެ މައްޗަށް ކުރަމުން އަންނަނީ ސިޔާސީ ދައުވާއެއްކަމަށާއި، ތަހުގީގު ހިގަމުންދަނީ ބައެއްގެ ނުފޫޒުގެ ދަށުންކަމަށެވެ.

ފުލުހުން ހަދާ ބޮޑެތި ގޯސްތަކުގެ ސަބަބުން ޖިނާއީ އެތައް މައްސަލައެއްގައި ތުހުމަތުތައް ކުރެެވޭ ކުށްވެރިން ދަނީ ދޫވެފަ އެވެ. އަދި ގަސްތުގައި ގޯސް ހަދާ ފުލުހުން މުވައްސަސާގައި ތިބިކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވުމުން އިމްރާން ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. ނަމަވެސް ކުށުގެ ވެށިން މީހުން ހައްޔަރު ކުރުމާއި، ކޯޓުތަކަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމުގައި ފަރުވާކުޑަކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ގިނަ ފުލުހުން އަމަލު ކުރާކަން ފާހަގަ ކުރެވެ އެވެ.

މީގެއިތުރުން ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ވަކީލުންގެ ފަރާތުން ވެސް ބޮޑެތި ގޯސްތައް ހަދާ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ މައްސަލައާއި، މަރުގެ މައްސަލަތައް އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަަތައް ފާހަގަ ކުރެވެ އެވެ.

މި މައްސަލައިގައި ޕީޖީ ޝަމީމް މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕަށް ވެސް ހުށަހެޅުނެވެ. ނަމަވެސް އެ މައްސަލަ ކުރިޔަށް ނުގެންދެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: