ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިރާޖު ރައީސް ޔާމީން އަށް: ފުލުހުންގެ ހިދުމަތް އިސްލާހު ކުރާ ވާހަކައަކީ ވެރިކަން ނިމުނީމަ ދައްކަން އޮންނަ ވާހަކައެއް ނޫން

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ހިދުމަތް އިސްލާހު ކުރާ ވާހަކައަކީ ވެރިކަން ނިމުނީމަ ދައްކަން އޮންނަ ވާހަކައެއް ނޫންކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނޫސްވެރިންނާއި ބައްދަލުކުރައްވާ ފުލުހުންގެ ހިދުމަތް އިސްލާހު ކުރަންޖެހިފައިވާ ކަމުގެ ވާހަކަދެއްކެވުމުން އެކަމާއި ގުޅިގެން ކުރެއްވި ޓުވީޓުގައި ސިރާޖު ވިދާޅުވެފައިވަނީ، ފުލުހުންގެ ހިދުމަތް އިސްލާހު ކުރަންޖެހިފައިވާ ކަމުގެ ވާހަކައަކީ ކޮންމެ ވެރިޔަކު ވެރިކަން ނިމުނީމަ ދައްކަން އޮންނަ ވާހަކައެއްގެ ބަދަލުގައި، އިހްލާސްތެރިކަމާއެކު މުޖުތަމައުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންގެ ހިދުމަތް އިސްލާހު ކުރަންޖެހޭކަމަށެވެ.

ދިވެހިރާއްޖޭގައި ގިސާސް ނުހިފޭ ސަބަބެއްކަމުގައިވެސް ރައީސް ޔާމީން ދެއްކެވީ ފުލުހުންގެ މުއައްސަސާގައި ހުރި މައްސަލަތަކެވެ.

އެމަނިކުފާނު ސުވާލުއުފެއްދެވީ ދިވެހިރާއްޖޭގައި ކުރެވޭ ޖިނާއީ ތަހުގީގުތަކާއިމެދު ރައްޔިތުންގެ އެއްވެސް އިތުބާރެއް އެބައޮތްކަމާއިމެދުގައެވެ. ތަހުގީގުގެ ފޭރާން ދަށްކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސިރާޖޫ ތަންމިނަށް ސުވާލުތައް ހުޅުވާލައިގެން ޔާމީން ނޫސް ކޮންފަރެންސްއެއް ބޭއްވީމާ ހާދަ އަސަރެއް ކޮށްފިދޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: