ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ނިމުނު އިރު ޝަރުތު ހަމަ ނުވާ ޕާޓީތަކަށް އިލެކްޝަންސްއިން ފައިސާ ދިން

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

31 ޑިސެމްބަރުގެ ނިޔަލަށް ދިހަ ހާސް މެމްބަރުން ހަމަ ނުވާ ޕާޓީތަކަށްވެސް ދައުލަތުން ޕާޓީތަކަަށް ދޭ ފައިސާއިން ދީފައިވާކަން އިލެކްޝަންސް އިން ހާމަކޮށްފިއެވެ.

އިލެކްޝަންސްގެ ހިސާބުތަކުން ދައްކާގޮތުން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ރެޖިސްޓްރީ ކުރެވިފައިވަނީ ޖުމުލަ 11 ޕާޓީއެވެ. އެ ޕާޓީތަކުގެ ތެރެއިން އެމްއާރްއެމް، އެމްޓީޑީ، ޑީއާރްޕީ، އަދި އެމްއެސްއެލްޑީޕީގައި އެ ތާރީހާއި ހިސާބަށް ތިބީ ތިން ހާހަށްވުރެ މަދު މެމްބަރުންނެވެ.

އިލްކްޝަންސް އިން ބުނެފައިވާގޮތުންން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ އެމްއާރްއެމްގައި އޭރު ރެޖިސްޓަރ ކުރެވިފައިވަނީ 2،993 މެމްބަރުންނެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުުގެ ޕާޓީ އެމްޓީޑީގައި 2.998 މެމްބަރުން ތިބިކަމަށާއި ޑީއާރްޕީގައި 2.264 މެމްބަރުންނާއި އެމްއެސްއެލްޑީޕީގައި 2612 މެމްބަރުން ތިބި ކަމަށް ބުނެފައިވެއެވެ.

އެ ތާރީހުގެ ނިޔަލަށް އެންމެ ގިނަ މެމްބަރުން ތިބީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެ ޕާޓީގައި ރެޖިސްޓަރ ކުރެވިފައިވަނީ 57،529 މެމްބަރުންކަމަށްވާއިރު، ޕީޕީއެމް- ޕީއެންސީ ގައި ޖުމުލަކޮށް ތިބީ 41،797 މެމްބަރުންނެވެ. އިލެކްޝަންސްއިން ހާމަކޮށްފައިވާ ގޮތުން 31 ވަނަ ދުވަހުގެ ނިޔަލަށް ގާސިމް އިބްރާހިމްގެ ޕާޓީ ޖޭޕީގައި ރެޖިސްޓަރު ކުރެވިފައިވަނީ 22،993 މެމްބަރުން ކަމަށެވެ.

ވެރިކަމުގެ ކޯލިޝަން ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީގައި 31 ވަނަ ދުވަހުގެ ނިޔަލަށް ރެޖިސްޓްރީ ކުރެވިފައިވަނީ 9،765 މެމްބަރުންކަމަށް އިލެކްޝަންސްއިން ބުނެފައިވެއެވެ. އަދި އެމްޑީއޭގައި 10،448 މެމްބަރުން ތިބިކަމަށާއި އެމްއެންޕީގައި 9،937 މެމްބަރުން ތިބިކަމަށްވެސް އިލެކްޝަންސްއިން ބުނެފައިވެއެވެ.

އިލެކްޝަންސްއިން ވަނީ ޕާޓީތަކަށް ދިން ފައިސާގެ ތަފުސީތަކެއްވެސް އާންމުކޮށްފައެވެ. އެ ތަފްސީލުން ދައްކާ ގޮތުން ޑިސެމްބަރު މަހުގެ ނިޔަލަށް އަދާލަތު ޕާޓީ އަދި އެމްއެންފީއަށް 10،000 މެމްބަރުން ހަމަ ނުވެއެވެ. އެހެންނަމަވެސް އިލެކްޝަންސްއިންވަނީ އަދާލަތަށް 2.41 މިލިއަން އަދި އެމްއެންޕީއަށް 2.43 ދީފައިވާކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: