ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއޭ އިން ރައީސް ސާލިހް އާއެކު ކޯލިޝަން ހަދަން ނިންމައިފި

އެމްޑީއޭގެ ފަރާތުން ބޭއްވި ކައުންސިލް ބައްދުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހް އާއެކު ކޯލިޝަން ހެދުމަށް ނިންމައިފިއެވެ.

އެމްޑީއޭގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ އެމްޑީއޭ އިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި އެކު ކޯލިޝަން ހެދުމަށް ނިންމީ އެޕާޓީގެ ކައުންސިލް ބައްދަުލުމުގައި ބައިވެރިވެލެއްވި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދުގެ ވިސްނުންފުޅުގައި ރައީސް އަކަށް ދެވަނަ ދައުރެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެ ޕާޓީއިން ބުނެފައިވާގޮތުން، އެ ނިންމުން ނިންމިފައިވަނީ ދިވެހި ރައްޔިތުންނަށް ހެޔޮ މަންފާތަށް ލިއްބައިދީ ދިވެހިރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމު ކުރުމުގެ ގޮތުންނެވެ.

އެމްޑީއޭގެ ކައުންސިލު ބައްދަލުވުމުގައި އެ ޕާޓީ ލީޑަރު ހުށައެޅުއްވި ގަރާރުގައި ބުނެފައިވާގޮތުން، އޭނާ ރިޔާސީ ރޭހުން ފަސް ޖެހިވަޑައިގަތީ ގައުމުގެ ހާލަތު އޮތްގޮތަށް ރިއާޔަތްކޮށް މަސްލަހަތަށް އިސްކަން ދެއްވުމަށްފަހުއެވެ. އެހެންކަމުން އެހެން ޕާޓީއަކާއި އެކު ކޯލިޝަން ހެދުން އެދެވިގެންވާކަމަށްވެސް ބުނެފައިވާއިރު، ޕާޓީގެ ކައުންސިލުންވަނީ އެނާގެ ހުށައެޅުއްވުން ބަލައިގަނެފައެވެ.

އެމްޑީއޭއިން ރައީސް ސާލިހާއި ގުޅިގެން ކުރިއަށް ދިއުމަށް ނިންމާފައިވާކަން ހާމަކޮށްފައިވާއިރު، އެ މަނިކުފާނުވަނީ އެހެނިހެން ޕާޓިތަކަށްވެސް ދައުވަތު އަރުއްވާފައެވެ. އެމަނިކުފާނުގެ ދައުވަތު ބަލައިގަނެ، ކޯލިޝަން ހެދުމަށް އެންމެ ފުރަތަމަ އެއްބެސް ވެފައިވަނީ ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: