ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގައި ހުންނަ ފައިސާ ވާނުވާ ނޭނގި ގެއްލޭތީ މަޖިލީހަށް ކުއްލި މައްސަލައެއް!

ސްކްރީންޝޯޓްތަކުން ފެންނަގޮތުން މެމްބަރު މޮސްޓާ ވަނީ ހަޑިހުތުރު ބަހުރުވަ ބޭނުންކޮށް މުހާތަބުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކުގައި ހުންނަ ފައިސާ ވާނުވާ ނޭނގި ގެއްލޭތީ އެ މައްސަލަ ބެލުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލައާއި ގުޅޭ ގޮތުން މަޖިޅިހުގެ ތަޅުމުގައި ބަހުސްކުރުމަށް ފާސްވެފައިވަނީ ވޯޓުދެއްވި 37  މެންބަރުންގެ ތެރެއިން 33 މެންބަރުންގެ ވޯޓާއިއެކުއެވެ. ބަލައިގަތުމާއި ދެކޮޅަށް ވޯޓުދެއްވާފައިވަނީ 4 މެންބަރުންކަމަށްވާއިރު، ވަކި ގޮތަކަށް ވޯޓުނުދެއްވާ 2 މެންބަރަކު އިންނެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށައެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، މިހާރަކަށް އައިސް ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން ގިނަ ބައެއްގެ އެކައުންޓުތަކުން ގިނަ އަދަދެއްގެ ފައިސާ އެކި ގޮތް ގޮތުން ގެއްލެމުންދާކަމަށެވެ. އަދި މިފަދަ ގިނަ މައްސަލަތައް ކުރިމަތިވަނީ ބީއެމްއެލްގައި ރައްކާކުރެވިފައި ހުންނަ އާންމުގެ ވަރަށް ހައްސާސް އަދި ޕާސަނަލް މައުލޫމާތު ބޭނުންކޮށްގެން ފޯނުންނާއި އިންޓަނެޓުގެ މެދުވެރިކޮށްކަމަށެވެ.

ބުރަ މަސައްކަތްކޮށް ގުލާނުކޮށްގެން އާންމުން ހޯދާ ފައިސާ ފަޅި ސިކުތެއްގެ ތެރޭގައި ގެއްލޭކަމަށާއި، އެ މައްސަލަތައް ބީއެމްއެލްއާއި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައެޅި ނަމަވެސް އެ ގެއްލުނު ފައިސާ ނުލިބޭކަމަށް ފާހަގަކޮށް، މެންބަރު ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ވަނީ އެ މައްސަލަ ރިޕޯޓުކުރުމުގެ ސަބަބުން ގިނަގުނަ ތަކުލީފުތަކެއް އުފުލަންޖެހޭކަމަށެވެ. އާންމު ރައްޔިތުން ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލޭކަމަށްވެސް މެންބަރު ނަޝީދުގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ މައްސަލަތަކުގައި އެހެން ބޭންކުތަކުގައި ކުރިމަތިނުވާކަމަށް ފާހަގަކޮށް މެންބަރު ނަޝީދުގެ މައްސަލައިގައި ބުނެފައިވަނީ މި ތުހުމަތުގެ އިނގިލިތައް އަމާޒު ވަނީ ބީއެމްއެލްއަށް އެކަނިކަމަށެވެ. އަދި ސްކޭމް ކޯލްތަކާއި، އިންޓަނެޓު ލިންކު މެދުވެރިކޮށް  އިޔާދަނުކުރެވޭފަދަ ގެއްލުންތައް  ބޮޑެތި މާލީ ގެއްލުންތައްވެސް ލިބިގެންދަނީ ބީއެމްއެލްގެ ކަސްޓަމަރުންނަށް އެކަނިކަމަށްވެސް ބުނެފައިެވއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: