ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަކީ ނުބައިމީހެކޭ ނުބުނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްގައި ގާސިމް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަކީ ނުބައިމީހެކޭ ވިދާޅުނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އޭނާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ރަނގަޅު ވާހަކަ ދައްކަވައި މިހާރުގެ ރައީސް ސާލިހްގެ ރަނގަޅު ވާހަކަ ނުދައްކަވާ ކަމަށް ބަޔަކަަށް ހީވެދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަޅުގަނޑު ބުނެފިތޯ އެބޭފުޅާ ގޯހޭ ؟ ކަމެއް ކުރި ވާހަކަ. އެންމެ ފަހަރަކުވެސް އަޅުގަނޑު ދަންނަވައިފިތޯ ؟ ކީއްތޯ މިވަނީ؟

ގާސިމް ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނުގައި މީހުން ކަންތައް ކުރާ ގޮތަށް އޭނާވެސް ކަންތައް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ދަރިންނަށް ތަރުބިއްޔަތު ދޭންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މީހުން ތަމްރީން ކޮށް ތަރުބިއްޔަތު ކުރަން ޖެހޭ ކަމަށެވެ.

ގާސިމް ވިދާޅުވީ އޭނާ އަށް ވިލާ ކޮލެޖެއް އެޅުމަށް މަގުފަހިކޮށްދީ އެތަނުގެ ބިންގާ އެޅުމުގެ ނަސީބު ހޯއްދަވައިދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. ގާސިމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ވިލާ ކޮލެޖް އެޅުމަށް އިއުލާން ކުރެވިގެން ދިޔައި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކުރެވުނު އިއުލާނަކާއެކު 35 އަހަރަށް ކަމަށެވެ. އަދި މިއަދު އެތައް ހާސް ކުދިންނެއް އެތަނުން އިލްމު އުގެނެމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.

މިސަރުކާރަށް ފާޑުވިދާޅުވެ ގާސިމް ވިދާޅުވީ ތައުލީމީ ކަންކަމަށް މިސަރުކާރުން އަޅަނުލާ ކަމަށެވެ. އެގޮތުން ވިލާ ކޮލެޖްގައި ޑިގްރީ އާއި ޕީއެޗްޑީ ލެވެލްއަށް ކިޔަވައިދެމުންދާއިރު އެ ކޮލެޖްގެ މުއްދަތު އިތުރުކޮށްނުދިން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކަމެއް ކުރެވޭނެ ގޮތެއްވެސް އަދި އިތުރަށް ހިނގައިގަނެވޭނެ ގޮތެއްވެސް ނެތިފައިތިބި ކަމަށެވެ. ގާސިމް ސަރުކާރަށް ސުވާލުކުރައްވައި ވިދާޅުވީ އެމަސައްކަތް އޭނާ ހުއްޓާލަން ވީތޯ އެވެ.

ކިހިިނެތްތޯ އެ މަސައްކަތްކުރުން އަޅުގަނޑުމެން ހުއްޓާލަނީ.؟ މީހުންގެ ހައްގުތައް އަތުން ބީވެގެން ދާއިރުވެސް ސަރުކާރަށް ޑިޝިޝަން ނުނެގޭ ކަމަށްވަންޏާ އެކަންކަން ފުައްދައިނުދެވޭ ކަމަށް ވަންޏާ އެކޯޓުން މިކޯޓުން ހަތްދެވަޅިން ގައު ނަގާހެން މީ ކުރަންޖެހޭ ކަމެއްތޯ؟ ނޯ. އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. ސަރުކާރަށް ސާބިތުވާ ކަމަށްވަންޏާ ރަނގަޅަށް ބަލާފައި އެކަން ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށާއި ގާނޫނުގައި ދީފައިވާނެ. އެހެންވީމަ ކެރިގެން ޑިޓާރމިނޭޝަން އާއި އެކުގައި މަސައްކަތް ކުރުމުގެ ގޮތްބާވަތް ހުނަރުވެރިކަން ކޮންމެ މީހެއްގެވެސް ހުންނަން ޖެހޭނެ.

ގާސިމް ވިދާޅުވީ އޭނާ އަށް ލިބޭ ފައިދާ އިން ވިލާ ކޮލެޖް ބިނާކޮށް ތަރައްގީ ކުރުމަށް މެކްސިމަމް ސަޕޯޓް ފޯރުކޮށްދެމުންދާ ކަމަށެވެ. ހަމައެފަދައިން މަންދު ކޮލެޖް ކިޔާ ކޮލެޖެއް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ހިންގަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ. މަންދު ކޮލެޖްގެ މައްސަލައިގައި އިބްރާހިމް އިސްމާއިލް ޖެހިފައިވަނީ ދަންތުރައެއްގައި ކަމަށް ގާސިމް ސިފަ ކުރެއްވިއެވެ.

ވަރަށް ދެރަވޭ ވަރަށް އަސަރުކުރޭ އިނގޭތޯ. މި ތައުލީމަށްޓަކައި ބަޔަކު ކުރަމުންދާ މަސައްކަތް އެއީ. މާދަމާގެ މުސްތަގުބަލް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ވާ ޖިހާދެއް. ވާގުރުބާނީ އެއް. އެކަމަށްޓަކައި ދިވެހި ސަރުކާރުން ސަޕޯޓް ނުދެވޭ ކަމަށްވަންޏާ ކީކޭތޯ އަޅުގަނޑު ދަންނަވާނީ؟

މިސަރުކާރުން ތައުލީމީ ކަންކަމަށް އަޅާނުލާ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އޭނާ އުޅުއްވި ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން އެންމެ ބޮޑު ރިސްކެއް ނަގައިގެން ނަގައިގެން ޕާޓީ އުފެއްދުމުގައި އިސްކޮށް ގާސިމް އާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވިގޮތުގައި ޕޮލިޓިކްސް ނުވަތަ ސިޔާސީ ކަންކަމުގައި އޮންނަނީ އިންޓްރަސްޓް ކަމަށެވެ. އިންސާނުން ކަމަށް ވާނަމަ އިންޓްރަސްޓް އޮންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ކިތަންމެ ރަނގަޅު މީހެއްވިޔަސް އިންޓްރަސްޓް އޮންާނެ ކަމަށާއި ހަމަ އެވަގުތުގައި ޓްރަސްޓް ވެސް އޮންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އިތުބާރާއި ނުލާ ދުނިޔޭގައި ނޫޅެވޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ އިންސާނުން ކުށްކޮށް ގޯސްވެސް ހަދާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ރައްޔިތުންގެ މެދުގައި ކުރަންޖެހޭ ކަންކަން ދިގުލައިގެން ލަސްވެގެން ގޮސް ދިހަ އަހަރުކޮލަށް ސޮއްސާލީމާ އެކަން ކަމުނުދާ ކަމަށެވެ.

ގާސިމް ވިދާޅުވީ ޝަރީއަތްތައް ޑިލޭވެގެން ދިއުމަކީ އިންސާފު ނުލިބުން ކަމަށެވެ. އެގޮތުން އިބްރާހިމް އިސްމާއިލްގެ މަންދު ކޮލެޖްގެ ޝަރީއަތް ކޯޓްތެރެއިން ނިމިފައިވޭތޯ ވިދާޅުވެ ގާސިމް ސުވާލުކުރައްވައިފައިވެއެވެ. އަދި އެ މައްސަލައިގައި އިނގިލި އަޅުއްވައިގެން އޮންނެވީ ކާކުތޯ ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވަނީ މުސްކުޅިވި ދުވަހު ވިސްނުން ކޮށިކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށް ވިދާޅުވެ ގާސިމް ވަނީ އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފަައްޔާޒް އިސްމާއީލަށް ފާޑު ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްއަށް އަމާޒުކުރައްވައި އިބްރާހިމް އިސްމާއިލް މީގެ ދުވަސްކޮޅެއް ކުރިން  ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ބަދަލުގައި ދެވަނަ ބުރުން ވެސް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ރައީސް ސާލިހް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި އެހެކަމަށްވާނަމަ ދެވަނަ ބުރުން ކާމިޔާބުކުރެވޭވަރުގެ އެހެން ޕާޓީއެއް އޮތީ ނޫންތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އިބްރާޙިމް އިސްމާއީލްގެ ޓްވީޓަށް ރައްދު ދެއްވައި  ފައްޔާޒް ވަނީ އޭނާގެ ބޭބޭގެ ހިތުގައި އޮތް ނަފްރަތު މާ ބޮޑީ ކަމަށާއި ނުވަތަ ދުވަސްވުމުގެ ސަބަބުން ވިސްނުން ކޮށިކަމަށް ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރައްމިއްޔާތުގައި ގާސިމް ވަނީ އޭނާގެ އެޑްވައިޒަރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވާފައެވެ.

ގާސިމްގެ އެޑްވައިޒަރުކަމުގެ މަގާމަށް ހަ ބޭފުޅަކު ވަނީ ކަނޑައަޅާފައެވެ. އެބޭފުޅުންނަކީ

1- ކުރީގެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީން

2- ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު

3- ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް

4- ކުރީގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު

5- ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު

6- ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: