ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓު އަމުރާއި ނުލާ އެކައުންޓުތައް ފްރީޒްނުކުރެވުމަކީ ފައިސާ ގެއްލޭ މައްސަލަ ހައްލުކުރުމަށް އޮތް ގޮންޖެހުމެއް: އިލްޔާސް

އެސްއޯއީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓު އަމުރާއި ނުލާ އެކައުންޓުތައް ފްރީޒްނުކުރެވުމަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކުގައި ހުންނަ ފައިސާ ވާނުވާ ނޭނގި ގެއްލޭ މައްސަލަ ހައްލުކުރުމަށް އޮތް ގޮންޖެހުމެއްކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ބީއެމްއެލް ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރުމުގެ ފުރުސަތުގައި ވާހަކަދައްކަވަމުން މިއީ ދިވެހި ރައްޔިތުންނާއި ބޭންކުތަކުންވެސް ކަންބޮޑުވާ މައްސަލައެއްކަމަށް ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ، މައްސަލައަކީ މި ބޮޑު މައްސަލަ ދިގު ދެމިގެންގޮސް ހައްލު ނުލިބިވުންކަމަށެވެ.

މި މައްސަލައާއި ގުޅިގެން މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަންޖެހޭކަމަށާއި، އަދި މިކަން ހައްލުކުރުމަށް ކުރާ މަސައްކަތް ބާރު ސްޕީޑެއްގައި މިހާރު ކުރިއަށް ގެންދަންޖެހިފައިވާކަމަށްވެސް އިލްޔާސް ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ މި މައްސަލަ ހައްލުކުރުމުގައި ފުލުހުންގެވެސް ވަރަށް ބޮޑު ދައުރެއް އެބައޮތްކަމަށެވެ. ބައެއްގެ އެކައުންޓުގައި ހުންނަ ފައިސާ ކަނޑައެޅިގެން އެ ބަޔަކަށް ނޭނގި ފޭރިގަންނައިރު، މި މައްސަލަތައް ވަރަށް ފަރުވާތެރިކަމާއިއެކު ފުލުހުން ތަހުގީގުކުރަންޖެހޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ވަގުތުން ވަގުތަށް މި މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ނޫނީ އެކައުންޓުތައް ފްރީޒްނުކުރެވޭ ގޮތަށް އޮތް އޮތުމަކީ މި މައްސަލަ ހައްލުކުރުމަށް އޮތް ގޮންޖެހުމެކެވެ.

ހަމައެކަނި މި ވާހަކަދައްކާލާ ތިމަންނަމެން ބަލަމޭ، އައިޓީ ޓެކޮނޮލޮޖީގެ ޑިޕާޓްމެންޓްގެ ކަމެކޭ ނޫނީ މިކަހަލަ މައްސަލަތަކެއް ހުރެގެން ނޫނީ އަދި ބޭންކު އޮޕަރޭޓުކުރާ، އެކައުންޓު އޮޕަރޭޓުކުރާ މީހާގެ މައްސަލައެއް ހުރެގެން ވާކަމެއްގެ ގޮތުގައި ބުނެގެން މި މައްސަލައެއް ހައްލެއްނުވާނެ”

އިލްޔާސް ވިދާޅުވިއެވެ

މިފަދަ މައްސަލަތަކަކީ ހުރިހާ މުއައްސަސާތަކަށް އެކުވެގެން ހައްލުކުރަންޖެހޭ މައްސަލައެއްކަމަށް ތަކުރާރުކޮށް ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ، މި މައްސަލަތައް ހައްލުކުރުމަށްޓަކައި ބީއެމްއެލްއިންވެސް ހަރުދަނާ ފިޔަވަޅު އަޅަންޖެހޭކަމަށެވެ. މައްސަލަތައް ބަލަނީކަމަށް ބުނެ ނިންމާނުލުމަށް އިލްޔާސް އެދިވަޑައިގަތެވެ. އަދި އެކައުންޓުން ފައިސާ ގެއްލެނީ، އެކައުންޓު އޮޕަރޭޓްކުރާ މީހާގެ ހުރި މައްސަލައަކުންކަމަށް ދެކިގެން މި މައްސަލަ ހައްލުނުވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ވިދާޅުވި ކޮންމެ މީހެއްގެ މައްސަލައަކުން ނަމަވެސް މިކަން ހިނގާކަމަށާއި އެހެންކަމުން ހައްލުކުރުމަށްޓަކައި ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ.

މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއިން މި މައްސަލަ ބަލަމުންދާކަމަށް ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ، އެމްއެމްއޭ އާއި ބޭންކުގެ އިތުރުން އެހެން ތަންތަނުންވެސް މިކަމާއި ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މި މައްސަލަ ތަހުގީގުކުރާ ފަރާތްތަކާއި ބައްދަލުކުރުމުގެ މަސައްކަތްވެސްކުރަމުން އަންނަކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި އެސްއޯއީ ކޮމިޓީއިން މި މައްސަލަ ބެލުމަށްފަހު މިކަމާއި ގުޅޭ ރިޕޯޓެއް މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: