ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީއިން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޕްރައިމަރީއެއް ބާއްވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްން ގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން، 2 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 16:00 އަށް ވަނީ ހުޅުވާލާފައެވެ. މި ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެންބަރުން، އެބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދު ފޯމު ހުށައަޅަންޖެހެއެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ ފޯމު އެމްޑީޕީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް އިއުލާންކުރެއްވީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ 2މާއި ގުޅިގެންނެވެ.

27 ފެބުރުއަރީ އިން ފެށިގެން ފޯމުތައް ބަލައިގަންނާނެކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

މި އިންތިހާބުގައި އިދިކޮޅުން ވާދަކުރައްވާތޯ ބެލުމަށްޓަކައި “ސަންގުން” ސުވާލުކުރުމުން ޕީޕިއެމް ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ޕީޕިއެމްގައި މިހާރު ކުރިއަށްދަނީ މި އިންތިހާބާއި ގުޅޭ ގޮތުން ކުރާ މަޝްވަރާތައްކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމްއިން މި ގޮނޑިއަށް ވާދަކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މި އިންތިހާބާއި ގުޅިގެން ޕާޓީއިން ނިންމާ ނިންމުންތައް ވަރަށް އަވަހަށް މީޑިއާތަކާއި ހިއްސާކުރައްވާނެކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މި ދާއިރާގެ މެންބަރުކަމުގައި ހުންނެވި ރިޒާއަކީ ޕީޕިއެމްއަށް ނިސްބަތްވެވަޑައިގަންނާވާ މެންބަރެކެވެ. ރިޒާ އަވަހާރަވުމާއި ގުޅިގެން ތައުޒިއްޔާ ދަންނަވާ ޕީޕިއެމްއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރިޒާ އަކީ އެ ޕާޓީ އުފެދުނީއްސުރެ ޕާޓީއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ކުރައްވަމުން ގެންދެވި ބޭފުޅެއްކަމަށެވެ. އަދި ޑީއާރްޕީ އާއި ޕީޕީއެމް އުފެއްދުމުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން ޕީޕީއެމް ވަނީ ފާހަގަ ކޮށްފައެވެ.

ގާނޫނު އަސާސީގެ 79 މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: