ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް މިހާރު ކޯލިޝަން ހެދޭކަށެއް ނެތް، އެމްޑީޕީއަށް ވެރިކަން ގެއްލުމުގެ ބިރު އެބައޮތް: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެންމެ ގިނައިން ފާހަގަ ކުރައްވާ ވާހަކައަކީ ކޯލިޝަން ހެއްދެވުމުގެ ގާބިލުކަން އެމަނިކުފާނުގެ ކިބާގައި ހުންނެވިކަމުގެ ވާހަކަކަމަށާއި، އެހެންނަމަވެސް މިހާރު ކޯލިޝަން ހެދޭ މަންޒަރެއް ފެނިވަޑައިނުގަންނަވާތީ، އެމްޑީޕީއަށް ވެރިކަން ގެއްލިދާނެކަމުގެ ފުރުސަތު އޮތްކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާހަކަދެކެވުމުން 2018 ވަނަ އަހަރު ހަނދާނަށް އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ހަނދާންވަނީ ހަމަ އެމްޑީޕީއިން ރިޔާސީ އިންތިހާބު ބާއްވައި ކެނޑިޑޭޓެއް އިންތިހާބު ކުރި ހަނދާންކަމަށެވެ.

ހަސަން ވިދާޅުވީ، އޭރު އިންތިހާބު ކުރި ކެނޑިޑޭޓަށް ވާދަ ނުކުރެވިދާނެކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ދެކުނުކަމަށެވެ. އަދި އެއަށްފަހު ކޮންގްރެސްއެއް ބާއްވައިގެން ޕްރައިމަރީގައި ވާދަ ނުކުރާ އެހެން ބޭފުޅަކަށް ޓިކެޓު ދިންކަމަށާއި، 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރީ އެ މަގުންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، “ޕްރީސިޑެންސް” ނުވަތަ ކޮށްފައިވާ ކަންކަން އެބަ ހުރިކަމަށެވެ. އަދި އޭރު ބޭނުމަކަށްވީ އެމްޑީޕީގެ ސަރުކާރެއް ގެނެވޭނެ ގޮތެއް ހޯދުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަސަން ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ވެރިކަން ހޯދުމަށް މަސައްކަތްކުރާނެކަމަށެވެ.

ކޯލިޝަން ހެދުމުގެ ގާބިލުކަން ހުރިކަމަށް ރައީސް ސާލިހު ވިދާޅުވާކަން ފާހަގަކުރައްވާ ހަސަން ވިދާޅުވީ، އެ ވާހަކަތައް އިވިފައިވާނަމަވެސް ކޯލިޝަން ހެދޭ މަންޒަރު މިއަދު ފެނިވަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް ވެރިކަން ނުލިބުމުގެ ބިރުވެރިކަން އޮތްކަމަށް ވިދާޅުވިއެވެ.

ކޯލިޝަނަކާއި ނުލާ ވެރިކަމަށް އައުމަށް އޮތް ފުރުސަތާއިމެދު ސުވާލު އުފައްދައްވާ އެމްޑީއޭގެ ކޯލިޝަނާއިއެކުވެސް އޮތް ފުރުސަތާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ.

ހަސަން ވިދާޅުވީ، ކޯލިޝަން އުފެއްދުމުގައި ނާކާމިޔާބު ވެއްޖެ ހާލަތެއްގައި އެމްޑީޕީއަށް ވެރިކަމަށް އާދެވެން ނެތް ފަދަ މަންޒަރެއް ސިފަކުރެއްވޭކަމަށެވެ.

އެހެންކަމުން ދޫކޮށްލަން ޖެހޭ އެއްޗެއް ދޫކޮށްލައި އެހެން ޕާޓީތަކާއިއެކު ސަރުކާރެއް ގާއިމު ކުރެވިދާނެކަމަށް އެނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އޮތް ސަރުކާރުގައި އެމްޑީޕީގެ 40 އިންސައްތަ ހިއްސާ އޮންނަކަމަށް ވާ ނަމަ، މިހާރަށްވުރެ ރަނގަޅު ހިއްސާ އަކާއިއެކު އެމްޑިޕީއަށް ވެރިކަން ލިބި، އެމްޑީޕީގެ ސިޔާސަތުތައް ހިފެހެއްޓޭނެ ސަރުކާރެއް މާ މުހިންމުކަަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަމެއްގައި އެމްޑީޕީގެ މެމްބަރެއް ރައީސްގެ މަގާމުގައި ހުރުމަށްވުރެ ބޮޑަށް ރަނގަޅީ އެ ގޮތްކަމަށެވެ. އަދި އެމްޑީޕީގެ އަސާސްތައް ދެމެހެއްޓޭނެ ގޮތަކަށް ދިވެހިރާއްޖެ ހިންގައިގެން ނޫންގޮތަކަށް އެމްޑީޕީ އާއި ރައްޔިތުންނަށްވެސް ކުރިއެރުމެއް ނެތްކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ވިސްނާވަޑައިގެންނެވުން ރަނގަޅު ކަމެއް އޮތްކަމަށެވެ. އޭނާ ވިދާޅުވީ، ވިސްނާވަޑައިގަންނަވަންވީ އެހެން ޕާޓީއެއްގެ މީހެއް ރައީސްގެ މަގާމަށް ގެނެސް އެމްޑީޕީ ރަނިންގް މޭޓެއް ގެ މަގާމު ނެގުމާއިމެދުކަމަށެވެ. އަދި އެމްޑީޕީގެ ހިއްސާ އޮންނަ ސަރުކާރެއް އުފައްދައި ބަސްވުނެވޭނެ މާހައުލެއް ގާއިމުކޮށް އެމްޑީޕީގެ ވިސްނުވެސް ބަލައިގަންނާނެ ސަރުކާރެއް އުފެއްދުމާއިމެދުވެސް ވިސްނާ ވަޑައިގަތުމަށް ރަނގަޅުކަމަށް ހަސަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 89%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: