ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފިކުރެއްގެ ދިރުން” އިން ޖޭޕީ އާއިއެކު ކޯލިޝަން މަޝްވަރާކޮށްފި!

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުން ޖޭޕީގެ އިސް ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން” ޓީމުން ޖުމުހޫރީ ޕާޓީއާއި ބައްދަލުކޮށްފިއެވެ.

ރައީސް ނަޝީދުގެ ޓީމާއި ޖުމުހޫރީ ޕާޓީގެ އިސްވެރިންނާއި ބައްދަލުކުރެއްވިކަން ފާހަގަކުރެއްވީ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ޓްވީޓެއްގައެވެ. އެނާވަނީ ކުރެއްވި ޓްވީޓާއިއެކު ފޮޓޯއެއްވެސް ޝާއިއުކުރައްވާފައިކަމަށްވާއިރު، އެނާ ވިދާޅުވީ، ޖޭޕީ އަދި “ފިކުރެއްގެ ދިރުން” އިން މަޖިލީހުގައި ކުރިއަށް ގެންދިޔައީ ކޯލިޝަން މަސްވަރާ އެއްކަމަށެވެ.

ޝަރީފް ޝާއިއުކުރެއްވި ފޮޓޯގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަހުމަދު އަދި ރައީސް ނަޝީދު އެކުގައި ހުންނެވި އިރު، ރައީސް ނަޝީދަށް ތާއިދުކުރައްވާ މެމްބަރުންކަމަށްވާ، ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު  ޝިފާޒް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްވެސް ހުންނެވިއެވެ.

ރައީސް ނަޝީދު ގާސިމް އިބްރާހިމް އާއި އެކު ކޯލިޝަނެއް ހައްދަވަން މަސައްކަތްކުރައްވަމުންދާކަމަށް މަރަދޫ ދާއިރާގެ މެމްބަރު ތުހުމަތު ކުރެއްވިއިރު، އެމަނިކުފާނުވަނީ ދާދި ފަހުން ބޭއްވި ޖުމުހޫރީ ޕާޓީގެ ކޮންފަރެންސްގައިވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.

އެ ޕާޓީގެ ލީޑަރު ގާސިމްވަނީ ރައީސް ނަޝީދަށް ތައުރީފާއި ޝުކުރުގެ ގިނަ ބަސްތަކެއް ރައްދު ކުރައްވާފައެވެ. ގާސިމް އަދި ރައީސް ނަޝީދު ދެމެދު އޮންނަ ޒަމާން ވީ ގާތް ގުޅެއް އޮތްކަންވެސް އެނާ ވަނީ މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ހާމަކުރައްވާފައެވެ.

ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތެއްކަމަށްވާ ހަސަން ލަތީފްވަނީ އެމްޑީޕީއިން ރައީސް ސާލިހު ނުން ވިސްނުމެއް ގެންގުޅެން ޖެހޭކަމަށް ސިފަކުރައްވާފައެވެ. އެނާ ވަނީ މިހާރު އޮތް މަހުގުން ދާނަމަ ވެރިކަން ގެއްލިދާނެކަމުގެ އިންޒާރުތައް ދެއްވާފައެވެ.

ހަސަން ވިދާޅުވީ، ކޯލިޝަން ހެދޭ މަންޒަރު މިހާރު އޭނާއަށް ފެނިވަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން ވެރިކަން ގެއްލިދާނެކަމުގެ ބިރު އުފެދިފައިވާކަމަށް ހަސަން ފާހަގަކުރެއްވިއެވެ. އޭނާ ވަނީ މެމްބަރުން ވިސްނާވަޑައިގަންނަވަންވީ ކަމެއްވެސް ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، އެހެން ޕާޓީއެއްގެ ރައީސް އެއް އަދި އެމްޑީޕީގެ ނައިބު ރައީސްއެއް ހުންނަ ގޮތަށް އަދި އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮންނަ ގޮތަށް ސަރުކާރެއް އުފެއްދުމާއިމެދު ވިސްނާވަޑައިގަތުމަަށެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: