ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕްރައިމަރީ މައްސަލައިގެ އަޑު އެހުން އަންނަ ހަފްތާއަށް ފަސްކޮށްފި

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމެރީ ބާތިލުކޮށް ދޭން އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ފަސްކޮށްފިއެވެ.

މިއަދު ސިވިލް ކޯޓުގައި ބޭއްވުމަށް ކުރިން ތާވަލްކުރި އަޑުއެހުން ވަނީ އަންނަ ހަފްތާއަށް ފަސްކޮށްފައެވެ.

މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަ ކުރައްވައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ވެރިކަމުގެ ދެވަނަ ދައުރަކަށް އައުމަށް، އެމްޑީޕީގެ ތާއީދު ރައީސް ސޯލިހަށް ލިބިފައިވީ ނަމަވެސް ނަތީޖާ ގަބޫލު ކުރުމަށް ރައީސް ނަޝީދު ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ރައީސް ސޯލިހާއި ރިޔާސީ ޓިކެޓު ހަވާލުކުރިއިރު، ޕްރިމައިރީ ބާތިލް ކުރުމަށް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ޖަލްސާ ހުއްޓުވައިދޭން ވެސް އެދިފައިވެ އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ކުރިން އެމްޑީޕީގައި މަގާމުތަކެއް އަދާކުރެއްވި ހާމިދު އަބްދުލްޣަފޫރެވެ.

މި ސަރުކާރުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ މެމްބަރުކަން ވެސް ކުރައްވާ ހާމިދަކީ ރައީސް ނަޝީދު ފެކްޝަނުގެ ބޭފުޅެކެވެ.

މި މައްސަލައިގައި ގާނޫނީ ވަކީލުކަން ކުރައްވާނީ ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދެވެ.

މައްސަލ ކޯޓުން  ބަލައިގަނެ، ތާވަލުގައި ވާގޮތުން މިއަދު އަޑުއެހުންތައް ފެށުމަށް  އޭރު ވަނީ ތައްޔާރުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ މައްސަލަ ކޯޓަށް ހުށަހެޅި ސަބަބެއްކަމަށް، ހާމިދު ވިދާޅުވެފައި ވަނީ ޕާޓީގެ 39،000 މެމްބަރުން ގަވައިދާއި ހިލާފަށް ވަކިކުރުމަށް ފަހު އިންތިހާބު ބާއްވާފައިވާކަމަށް ބުނެ އެވެ.

ރައީސް ނަޝީދު ތުހުމަތު ކުރާގޮތުގައި، އެ މެމްބަރުން ޕާޓީގެ ދަފްތަރުން އުނި ކުރީ ރައޯސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގު ހޯދުމަށެވެ. އަދި ޕާޓީގެ ދަފްތަރުން އުނި ކުރި މެމްބަރުންނަކީ އަސްލު ހަގީގީ، އެމްޑީޕީގެ މެމްބަރުންކަމަށާއި ރައީސް ސޯލިހަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ އެއްވެސް މަގެއް ނެތްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: