ހުޅުމާލޭގެ ޖޫސް ޓައިމް އަށް ގެއްލުންދިން މައްސަލައާއި ގުޅިގެން 7 މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ހެލްމެޓް އަަޅައިގެން ތިބެ މޫނު ނިވާކޮށްގެން ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމް އަަށްވަދެ އެތަނަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު އެމީހުން ވަނީ ފިލާފައެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެކަމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އަދި ހައްޔަރުކުރި މީހުން ދިރިއުޅުނު އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ސާމާނު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

