ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެ އާއި މާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ސިޓީ ކައުންސިލުން ލުއިދެނީ

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ހަތަރު މަސްދުވަހުގެ ކުލި މާފުކޮށްދީ މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކުގެ ކުލިން 30 އިންސައްތަ ކުޑަކޮށްދިނުމާއެކު މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓްހެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓްގެ އެއްބަސްވުމުގެ މުއްދަތު މިހިނގާ މާޗް މަހުގެ 31 އަށް ހަމަވާނެއެވެ.

ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 91 ވަނަ ރަސްމީ ޖަލްސާއިން ނިންމާފައިވަނީ މާލެ ސަރަހައްދުގައި މާރުކޭޓް ހިންގާ ފަރާތްތަކަށް ލުޔެއް ދިނުމަށް ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދިނުމަށް ނިންމާފައިވަނީ ތަކެތީގެ އަގުތައް އުފުލުމާއި އެކު މާރުކޭޓް ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލެ އާއި ވިލިމާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލުން ލުއި ދިނުމަށް ނިންމާފައިވަނީ އެފަރާތްތަކުން އެކަމަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: