ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ ރިޔާސީ އިންތިހާބުގައި ލޯފަން ބޭފުޅުންނަށް އެކަނި ވޯޓުލެވޭނެ: ހަބީބު

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް އަބްދުއްރަހީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ލޯފަން ބޭފުޅުންނަށްވެސް އަމިއްލައަށް ވޯޓު އެޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ބްލައިންޑު އެސޯސިއޭޝަނުންވަނީ ދިވެހިރާއްޖޭގެ އެކި މުއައްސަސާތަކާއިއެކު ވޯޓުލުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އަދި މައްސަލަތައް ހައްލުކުރާނެ ހަރަދު ކުޑަ ގޮތެއްވެސް ޖަމިއްޔާއިންވަނީ ހުށައެޅާފައެވެ.

ބަލައިންޑު އެސޯސިއޭޝަނުގެ ނައިބު ރައީސް ހުސައިން ޝަރީފްވަނީ ހަރު މެޓީރިއަލްއަކުން ވޯޓު ކަރުދާއާއި އެއްވަރު ފާނގަތަކެއް ކަނޑާފައިވާ ކަރުދާހެއް ބައްޓަން ކުރުމަށް ހިޔާލު ހުށައަޅުއްވާފައެވެ. މީގެ ކުރިންވެސް ލޯފަން ބޭފުޅުން ވޯޓު ލާއިރު، ގާތުގައި އެހީތެރިއަކު ހުރެއެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ސިއްރު ވޯޓަކަށް ވެގެން ނުދާކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

 

އީސީގެ ނައިބު ހަބީބްވަނީ މި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް އިލެކްޝަންސްގެ ފުރިހަމަ އެއްބާރުލުން އޮތްކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ، 2023ގެ ރިޔާސީ އިންތިހާބުގައި ލޯފަން ބޭފުޅުންނަށް އިހުތިޔާރު ކުރާ ކެނޑިޑޭޓެއްގެ ނަމާއި ދިމާލުގައި އަމިއްލައަށް ފާހަގަޖެއްސެވޭނެކަމަށެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 80%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: