ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

6 މަސް ވީ އިރު އަމީނީ މަގުގައި ތާރު އެޅިފައި އޮތީ މުސައްލައެއްހައި ތަންކޮޅެއްގައި: މުއިއްޒު

ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުގެ އަތުން އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއު ނަގާ، އެ މަޝްރޫއު ކުރިއަށްގެންދާ ގޮތާއިމެދު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.

ރޭ މާލެ ސިޓީއިން ކުރުިއަށްގެންދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކުގެ މައްސަލަތައް ހައްލުކުރަން އެބޭފުޅުން ދިރާސާކުރިންކަމަށާއި، ކަމާ ބެހޭ ލިޔެކިޔުންތައް ފުރިހަމަކުރިންކަމަށެވެ. އެގޮތުން އަމީނީ މަގުގެ ތާރު އަޅައި، ޒަމާނީ ދިއްލުންތަކުން މަގު ދިއްލައި އަދި މާމެލާ މެއްޔާއި ގަސްގަހާގެހިން މަގުގެ ދެ ފަރާތް ޒީނަތްތެރިކުރުން 39 މިލިޔަން ރުފިޔާއަށް ކުރިއަށްގެންދިއުމަށް ސިޓީ ކައުންސިލުން ހަމަ ޖެއްސިކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރީ 84 މިލިޔަން ފުރިޔާއަށް ހަވާލުކުރިކަމަށާއި، 7 މަސް ދުވަހު ތެރޭ ނިންމަން ބުނި މަސައްކަތަށް 6 މަސް ވީ އިރު އަދި ތާރު އެޅިފައި އޮތީ، މުސައްލައެއްހައި ތަންކޮޅެއްގައިކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ފާހަގަކުރެއްވީ ކުރިޔަށް ގެންދެވިފައި އޮތީ މަސައްކަތުގެ އެންމެ 10 އިންސައްތަކަމަށާއި، މިއާ ޚިލާފަށް ސިޓީ ކައުންސިލުން ނިންމާފައި އޮންނާނީ އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑު 16 މަގެއްގައި ތާރު އަޅައި 90 މަގުގައި އަލުން ގާ އަތުރައި ޒަމާނީ ފެންވަރަށް ޒީނަތްތެރިކުރަންކަމަށެވެ.

މަސައްކަތް ނުހުއްޓުވި ނަމަ، ސިނަމާލޭ ބުރިޖު ނިމުނު ފަދައިން މި މަސައްކަތް ވެސް އޮތީހީ ނިމިފައި.

މާ ބަނޑު އަންހެނުންނާ އުމުރުން ދުވަސްވީ ހަރު ބޭފުޅުން ސައިކަލުގައި މާލޭ މަގުތަކުން ދަތުރުކުރައްވާ އިރު، އެ މަގުތަކުގެ އަޑިގުޑަންކަމުގެ ސަބަބުން ދިމާނުވާނެ ޞިއްޙީ މައްސަލަތަކާ މެދު މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ޙާލު ބަލަން ދިޔައީ ވޯޓުލާން އޮތް ދުވަހުގެ ކުރީ ދުވަހަކު ނޫންކަމަށެވެ. އަދި ކެމްޕޭނުގައި ވަޢުދު ވީ ގޮތަށް މިހާރު ވެސް ހަފުތާއަކު 3 ދުވަހު ރައްޔިތުންގެ ގޭގެއަށް ޒިޔާރަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

އަޑު އަހަމުން. ލޮލުން ދެކެމުން. މާލެ ސިޓީގެ ރައްޔިތުންގެ ވޭންތައް އަޅުގަނޑުމެން ސަރުކާރަށް މި ދަންނަވަނީ. މީގެ އިތުރަށް މާލެ ސިޓީގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދެނެގަންނާން 3 ސަރވޭއެއް ހެދުމުގެ މަސައްކަތް މިހާރު ވާނީ ތާވަލުކުރެވިފައި.

މުއިއްޒު ވިދާޅުވި ގޮތުގައި މާލެ ސިޓީގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަންނާނެ 3 ސާރވޭއެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. ި. އެއީ މާލޭގެ ރަށްވެހީންގެ ސަރވޭއަކާއި، މާލޭ ދަފުތަރުގައި ޖެހިފައިވާ މީހުންގެ ސަރވޭއަކާ އަދި މާލޭގައި ދިރިއުޅޭ އެހެނިހެން ފަރާތްތަކަށް ޚާއްޞަ ސަރވޭއެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި  މި ހިނގާ މާރިޗު މަހު އޮންލައިންކޮށް މި ސަރވޭ ހުޅުވައިލެވޭނެކަމަށް ވިދާޅުވެ، މުއިއްޒު އެދިވަޑައިގަތީ މި ސާރވޭގައި ހުރިހާ ގޭބިސީތަކުން ބައިވެރިވެވަޑައިގަތުމަށެވެ. އަދި އެ ސާރވޭގެ މަންފާ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަޝްރޫއުތަކުން ފެންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: