ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް މާރުކޭޓު ހުރި ތަނުގައި ހަތަރުބުރީގެ އިމާރާތެއް އަޅާނަން: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް މާރުކޭޓް ހުރި ތަނުގައި ހަތަރުބުރީގެ އިމާރާތެއް އަޅާނެ ކަމަށް މޭލެސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ރައްޔިތުންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިހާރު ހުރި ލޯކަލް މާރުކޭޓް، އީދަށްފަހު ބަންދުކޮށް އެ ހިދުމަތް އެހެން ތަނަކަށް ވަގުތީގޮތުން ބަދަލުކުރެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެތަން ބަންދުކުރަނީ ޒަމާނީ އިމާރާތެއް އެޅުމަށް ކަމަށެވެ. އަދި އެތަނުގައި އަޅާ އިމާރާތުގެ ޖާގަ ތަނަވަސްވެފައި ހިދުމަތް ފަސޭހަވެފައި ހަލުވި ވާނެ ކަމަށެވެސް މުއިއްޒު ވިދާޅުވިއެވެ.

ލޯކަލް މާރުކޭޓް ހުރި ތަނުގައި އަލަށް އަޅާ އިމާރާތުގައި ތިން މާރުކޭޓް ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެއީ އެންމެ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓަކާއި ދަތުރުވެރީންގެ މާރުކޭޓެއް. އޭރުން ތިޔަ ބޭފުޅުންނަށް އެއް ދޮނުގައި ތިން ބުޅި ޖަހާލެވޭ ގޮތްވީ.

މުއިއްޒު ވިދާޅުވީ އަލަށް އިމާރާތް ކުރުމަށް ކަނޑައަޅާފައިވާ މާރުކޭޓް، ސަރުކާރުން ހުރަސްނާޅާ ނަމަ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާ ހުޅުވާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދާދި ފަހުންވަނީ ލޯކަލް މާރުކޭޓް ގޮޅިތައް ހިންގާ ފަރާތްތަކުގެ ކުލި ކުރިއަށް އޮތް ހަތަރު މަސްދުވަހަށް ކުޑަކޮށްދިނުމަށް ނިންމާފައެވެ. އެގޮތަށް ނިންމީ އެ މަސައްކަތް ކުރާ ފަރާތްތަކުން އެފަދަ ލުުއި ފަސޭހަކަމަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކުގެ ކުލިން 30 އިންސައްތަ ކުޑަކޮށްދިނުމާއެކު މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓްގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކުރުމަށް މާލެ ސިޓީ ކައުންސިލުން  ވަނީ ނިންމާފައެވެ.

މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓްގެ އެއްބަސްވުމުގެ މުއްދަތު މިހިނގާ މާޗް މަހުގެ 31 އަށް ހަމަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: