ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާޖު ސިޓީގެ އުސޫލު ވަގުތުން އުވާލާ: މޭޔަރ މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ގަރާޖު ސިޓީގެ އުސޫލު މިހާރުން މިހާރަށް އުވާލުމަށް މާލެ ސިޓީ ކައުންސިލުގެ މޭރަރ ޑރ މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ކައުންސިލުން ރައްޔިތުންނާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރވަނީ މާލޭގެ ޕާކިންގް މައްސަލައާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. މޭޔަރ ވިދާޅުވީ، ޕާކިންގް މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާތައް ވަގުތުން ވަގުތަށް މާފުކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

މޭޔަރ ވިދާޅުވީ، ސަރުކާރުންދަނީ ރައްޔިތުންގެ ޖީބަށް އަތް ބާނަމުންކަމަށެވެ. އެހެންކަމުން އެކަން ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދައިދިނުމުގެ އަހުލާގެއް ދަށްކުރުމަށްވެސް ސަރުކާރަށް ގޮވާލައްވާކަމަށެވެ. މޭޔަރ ވިދާޅުވީ މާލޭގެ ޕާކިންގް މައްސަލަ ހައްލުކުރުމަށް އެ ކައުންސިލުންވަނީ މަސައްކަތްކޮށްފައިވަކަމަށެވެ.

މޭޔަރ ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ވަނީ ޕާކިންގް ބިލްޑިންގްތަކެއް އިމާރާތްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް  ކޮށް ނިންމާފައިކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ ހަމައެކަނި ސަރުކާރުގެ ހުއްދަކަމަށްވެސް ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ، އެ ކައުންސިލުން ފަރުމާކޮށްފައިވާ 8 ޕާކިންގް ބިލްޑިންއެއް އިމާރާތްކުރުމުގައި ސަރުކާރުގެ އެއްބާރުލުން ދިނުމަށް ގޮވާލައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިމާރާތް ކުރުމުގެ ހުއްދަ ދޭއިރު އެތަނުގައި ވަކި މިންވަރެއް ޕާކުކުރުމަށް ހުންނަންޖެހޭގޮތަށް ގަވާއިދު ހެދީމަ އެކަން ހައްލުވާނެ. ވަަރަށް ސިމްޕަލް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: