ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަކީލްގެ މަގާމު މަތިކުރުމަކީ ރައީސް ޔާމީންއަށް އަނިޔާވެރިވުން، ޖުޑިޝަރީއަށް ސަރުކާރުގެ ނުފޫޒު އޮތްކަން ސާފު: އިދިކޮޅު

މަޖިލީހުގައި އާއި މުޒާހަރާގައި ހިގައި ދިޔަ ހަމަނުޖެހުމަށްފަހު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޙުކުމް ކުރި ޤާޒީއަށް މަޤާމުގެ ކުރިއެރުން ދިނުމަކީ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވެ، ސަރުކާރުން ބޭނުންވާ ޙުކުމެއް ކުރުމަށް ހިތްވަރު ދިނުންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކުރި ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަޙްމަދު ޝަކީލް ހައިކޯޓަށް ޢައްޔަން ކުރުމަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައިވާތީ އިދިކޮޅުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

މިއީ މިކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއްކަމަށް ފާހަގަކޮށް ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން އެކަން އެގޮތަށް ކުރުން އެއީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް އަނިޔާވެރިވުންކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވަނިކޮށް، ދަށުން ކޯޓުން ޙުކުމް ޖެހި ޤާޒީއަށް މަޤާމުމެ ކުރިއެރުން ދިނުމަކީ، ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ޖުޑިޝަރީއަށް ފޯރުވާ، ސަރުކާރު ބޭނުންވާ ޙުކުމެއް ކުރުމަށް ހިތްވަރު ދިނުންކަމުގައި އިދިކޮޅުން ގަބޫލުކުރެއެވެ. އެއީ ރިޝްވަތުގެ ޢަމަލެއްގެ ގޮތުގައިވެސް ބެލެވޭކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

ިއިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ސަރުކާރުގެ ނުފޫޒާއެކު، އެތައް މަންފާއަކާއި ވަޒީފާގެ ކުރިއެރުންތައް ހުށަހެޅި، ޤާޒީ އަމިއްލަ އިޚުތިޔާރުގެ ބޭރުންކަމުގައި ދިވެހިންގެ ތެރެއިން އެތައް ބަޔަކު ގަބޫލުކުރާކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރި ޙައްޤު ނޫން ޙުކުމުގެ ހަދިޔާއެއްގެ ގޮތުގައި، އެއަށްވުރެ މަތީ މަޤާމަކަށް ޤާޒީ ޝަކީލު ބަދަލު ކުރާނެ ވާހަކަ އެއީ މީގެ ކުރިންވެސް އެ ކޯލިޝަނުން ދައްކަމުން ގެންދިޔަ ވާޙަކައެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެންމެ ފުރަތަމަ ރައީސް ޔާމީނަށް ޙުކުމް ކުރި ޤާޒީ ޢަލީ ރަޝީދަށްވެސް އެތައް މަންފާއަކާއެކު ވަޒީފާގެ ކުރިއެރުން ވަނީ ލިބިގެން ގޮސްފައިވާކަމަށް ވަނީ ބުނެފައެވެ.. މިފަދަ ކަންކަމުން ރައީސް ޔާމީންގެ މައްސަލަތަކުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ މިންވަރު ސަބަބުވެރި އިންސާނުންގެ ސިކުނޑިތަކަށް ވިސްނެނޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކޯލިޝަންގެ ލީޑަރ އަދި ޕިޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙައްޤު ނޫން ޙުކުމް ހައިކޯޓުގައި އިސްތީޢުނާފްކޮށްފައިވާއިރު، އެމައްސަލައިގެ އެއްވެސް ކަމެއް ހައިކޯޓުގައި ހިނގަމުން ނުދާތީ އެކަމުގެ ކަންބޮޑުވުންވެސް އިދިކޮޅުން ވަނީ ފާޅުކޮށްފައެވެ. އިދިކޮޅުން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ގޮވާލާފައިވަނީ ރައީސް ޔާމީންގެ މައްސަލައަކީ ދިވެހިރާއްޖެއާއި ދިވެހި އެންމެހައި ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައަކަށްވާތީ، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވާ މައްސަލަ އަވަސްކޮށް އިންސާފު ޤާއިމުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަން ފަސްނުކޮށް ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: