ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތައް ކައިރީ ހުންނަވައި ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް މާރިޔާ ފާޑު ވިދާޅުވެއްޖެ

ރޭ އާޓިފިޝަން ބީޗުގައި ބޭއްވި "އިބޫ 2023" ޖަލްސާގައި މާރިޔާ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްުދﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިންގައި މާލެ ސަރަހައްދުގައި އިސްކޮށް ހަރަކާތްތެރިވާ، ދިފާއީ ވަޒީރު މާރިޔާ ދީދީ ފާޑު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 2 ގައި ރައީސް ސާލިހުގެ ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައި މާރިޔާ ވަނީ ފޭ 2 އަކުން އެ ސަރަހައްދުގެ ރައްޔިތުން ކީ މަރުހަބާ ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ފޭސް 2 ގައި ޖަގަހައެއް ހުޅުވުމަށް އެމްޑީޕީގެ މީހަކަށް އެހާ ހޫނު މަރުހަބާއެއް ދަންނަވާފާނެކަމަށް އުއްމީދުވެސް ނުކުރައްވާކަމަށެވެ. މިހެން ހީކުރެވިފައި އޮތީ ސަބަބުތަކެއް ނެތި ނޫންކަމަށާއި، ނަމަވެސް ބަޔަކަށް ހަމަ ވިސްނައިދީ، އެ ވިސްނުން ބަދަލުކުުރުމަށް މަސައްކަތްކުރުމަކީ  ބުރަކަމެއްގެ ގޮތުގައި މާރިޔާ ސިފަ ކުރެއްވިއެވެ.

2000 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެ ބަދަލުކުުރުމަށް އެމްޑީޕީއިން ކުރި ބުރަ މަސައްކަތް ފެނިގެންދިޔަކަމަށާއި، އެމްޑީޕީއިން ނިކުތީ ވިސްނުމާއި، ފިކުރާއި އަދި ތަސައްވުރެއްވެސް ހިފައިގެންކަމަށް މާރިޔާ ވިދާޅުވިއެވެ. ރައްޔިތުން ތިބި ހާލަަތަށްވުރެ ރަނގަޅު ހާލަތެއް ހޯދައިދިނުމަށް އެމްޑީޕީއިން ވައުވިކަމަށް މާރިޔާ ވިދާޅުވިއެވެ.

މިތާ ފަހަތުގައި އެހުރި ފްލެޓްތައް، ސަރުކާރެއްގައި ތިބެ ސަރުކާރުގެ އެ ފަސް އަހަރުގެ ތެރޭގައި އަލަށް ބަޔަކަށް ވަދެވޭނެ، އިމާރާތްކޮށް ބިންގާ އަޅާ އަލަށް ވަދެވޭނެ ފްލެޓުތަކޭ އެއީ، މިއަދު އަޅުގަނޑު މިއައީ މާލެ ތެރޭގައި ޑޯރ ޓު ޑޯރ އަށްވެސް ހިނގާފަ. އަޅުގަނޑުގެ ހަޔާތުގައި އަޅުގަނޑު ނުދެކެން މާޅޭގައި ބިންކޮޅެއް ކަނޑާލާފަ އާންމު ރައްޔިތުންނަށް ދިން ތަނެއް.

މާރިޔާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްުދުﷲ ޔާމީން އަބްދުގައްޔޫމްގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް މާރިޔާ ފާޑު ވިދާޅުވިއެވެ. އަަދި ރައީސް ސާލިހު ނޫނީ މާލޭ ރައްޔިތުންނަށް ގޯތި ދިން ވެރިއަކު ނެތްތަކަމަށް ވިދާޅުވެ، މާރިޔާ ވަނީ ހިޔާ ފްލެޓުތަކުގެ މަސައްކަތް ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ނިންމާ، ހަވާލުކުރެވިފައިނުވާތީވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ބިންގާ އަޅާ، އިމާރާތްކޮށް ނިންމުމަށްފަހު އެންމެ ފުރަތަމަ ވެރިކަމުގެ ދައުރެއްގެ ތެރޭގައި ނިންމޭނެ ފްލެޓުތަކަށް، ހިޔާ ފްލެޓުތައްވާނެކަމަށް ބުނެ އޭރު ރައީސް ޔާމީންގެ ވެރިކަމުގައި ދެކެވުނު ވާހަކަތައް މާރިޔާ ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު މާލޭ ގޯތި ދެއްވައިފިކަމަށާއި، އަދި ގޯތި ދިން އިރު ކޮން މަގާމެއްގައި ހުރި ކާކުތޯ ނުބައްލަވާކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ރައީސް ސާލިހު މި ދައުރުގެ ތެރޭގައި މަސައްކަތްކުރެއްވީ ވަކި މީހަކު ތަފާތުނުކޮށް، ޖަޒިރާ ރާއްޖެއެއް ގާއިމްކުރެއްވުމަށްކަމަށް މާރިޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: