ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދާއި ބައްދަލުކުރައްވަން ރައީސް ޔާމިން ދެކޮޅު ހައްދަވައިފި

ރައީސް ނަޝީދު އަދި ރައީސް ޔާމީން- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް އާއި ބައްދަލު ކުރައްވަން އެދިވަޑަގަތުމުން އެކަމަށް ޔާމިން ދެކޮޅު ހައްދަވައިފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމާއި ބޭހޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްއިން ވަނީ ނިންމާފައެވެ. އެހެން ކަމުން އެކަމާއި ގުޅޭގޮތުން އިންތިހާބުގައި ވާދަކުރައްވާ 2 ޕާޓީ ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީއާއި އެކު ޑިމޮކްރެޓްސްއިން މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ބުނެފައިވެއެވެ. އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް އެމްޑީޕީއިން ބުނެފައި ނުވާކަމަށް ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ އާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެޕާޓީއިން އެއްބަސްވުމުގައި ސޮއި ކޮށްގެން އެއްވެސް މަސައްކަތެއް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށެވެ. އެހެން ކަމުން އެއްބަސްވުމުގެ ދަށުން ކަންކަން ހިންގަން ބޭނުންނުވާ ނަމަ އެޕާޓީ އާއި އެކު މަސައްކަތް ކުރުމަކީ އެހާފަސޭހަ ކަމެއް ނޫންކަމަށް ހަސަން ލަތީފް ވިދާޅުވެފައިވެއެވެ. މިމަޝްވަރާތަށް ކުރިއަށް ހިނގަމުން ދިޔަނަމަވެސް ރައީސް ނަޝީދު ވަނީ ޔާމީންގެ ހިޔާލުފުޅުވެސް ހުންނެވި ގޮތެއް ބެލުމަށްޓަކައި އެމަނިކުފާނައި ބައްދަލުކުރެއްވުމަށް އެދިވަޑައިގަންނާވާފައެވެ. ނަޝީދު ވިދާޅުވެފައިވަނީ ދެވަނަ ބުރު ފެށުމުގެ ކުރިން ޔާމިންއާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ހިޔާލުފުޅުވެސް އެކަމުގައި ބޭނުންފުޅުވާ ކަމަށެވެ.

މީގެ ކުރިން ނިޒާމީ ވޯޓެއް ނަގާފައިވަނީ 2007 ވަނަ އަހަރެވެ. 2007 ވަނަ އަހަރުގެ ވޯޓުގައި ޔާމީންގެ އޭރުގެ ޕާޓީ ޕީޕަލްސް އެލަޔަންސް (ޕީއޭ)އިން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އޭގެ ފަހުން ވެސް ޔާމީން ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައިފައެވެ. ނިޒާމު ރަނގަޅު ނަމަވެސް އެ ވަގުތު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ފިޓް ނުވާކަމަށް ޔާމިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: