ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީން އިންތިހާބުގައި ވާދަ ކުރުމާއި ކޯލިޝަން ހެދުމުގެ ބާރު ގާސިމަށް ދީފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގައުމީ ކޮންފަރެންސްގައި ވާހަކަ ދަައްކަވަނީ / ފޮޓޯ: ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ބާރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ދީފިއެވެ.

މިއަދު ކުރިއަށްދިޔަ ކައުންސިލް ބައްދަލުވުމެއްގައި ޖޭޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ބާރު ގާސިމް އަށް ދީފައިވަނީ ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް ހުށަހެޅި ގަރާރެއް ފާސްކޮށްގެންނެވެ.

ނާޒިލްގެ ގަރާރުގައި ބުނެފައިވަނީ ރިޔާސީ ކެންޑިޑޭޓާއި ކޯލިޝަން ހަދަން ޖެހިއްޖެނަމަ، އެ ބާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ  މަސްލަހަތަށް އެންމެ ރަނގަޅު އަދި ރައްކާތެރި ގޮތް ކަމަށް އޭނާ އަށް ފެންނަ ކަމަށާއި އެހުށަހެޅުން ހުށަހަޅާކަމަށެވެ.

ނާޒިލްގެ ގަރާރު، ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން ޖޭޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ކޯލިޝަން ހެދުމުގެ ބާރު ގާސިމް އަށް ވަނީ ލިބިފައެވެ.

ދާދި ފަހުން ބޭއްވި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓަކު ނެރުމަށް ވެސް ވަނީ ގަރާރެއް ހުށަހަޅައި އެ ފާސްވެފައެވެ.

އެ ގަރާރުވެސް ވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްވެފައެެވެ.

މީގެ އިތުރުން ޤާސިމް ވަނީ ރައީސް ސާލިހް އާއި ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގެ ތަފްސީލް ހާމަކުރުމަށް ގާސިމް ވަނީ ދެކޮޅު ހަދާފައެވެ.

ގާސިމް ވިދާޅުވީ ރައީސް ސާލިހް އާއި އޭނާގެ މަޝްވަރާ ރައްޔިތުން ބަލަން ނުޖެހޭ ކަމަށާއި އަދި އެވަގުތު ނުޖެހޭ ކަމަށެވެ.

ރައީސް ސާލިހް އާއި އެކު ބޭއްވި ބައްދަލުވުމަށްފަހު ގާސިމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: