ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007 ގައި ދީފައިވާ ފައިސާތަކެއް ދަޢުލަތަށް އަނބުރާ ހޯދުމަށް އެމްޓީސީސީއަށް އަންގައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް އާދަމް ޝާމިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި 690 ހައުންސިންގ ޔުނިޓް އެޅުމުގެ މަސައްކަތާގުޅިގެން އެމްޓީސީސީގެ ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއާރުއީއައިސީ) އިން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007 ވަނަ އަހަރު ދީފައިވާ 550,000.00 (ފަސްސަތޭކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު ދަޢުލަތަށް އަނބުރާ ހޯދުމަށް އެމްޓީސީސީއަށާއި އެމްއާރުއީއައިސީއަށް އަންގައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިގޮތަށް އަންގާފައިވަނީ އެމްޓީސީސީގެ 99.99 އިންސައްތަ ހިއްސާވާ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އިން “އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ ކިޔާ އޮސްޓްރޭލިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެދޮރު ބިނާކޮށް، ރިއަލް އެސްޓޭޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އަނބުރާ ދޭގޮތަށް 550,000.00 އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށްފަހުގައެވެ.

އައިއެފްސީއޭއަށް ދީފައިވާ 550,000.00 (ފަސްސަތޭކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އައިއެފްސީއޭއިން ހޯދުމަށްފަހު އެމްއާރުއީއައިސީއަށް އަނބުރާ ޙަވާލުކުރަންޖެހޭ ފައިސާކަަށް އޭސިސީއިން ބުނެފައިވެއެވެ. އެ ފައިސާއަކީ އެ ޕްރޮޖެކްޓާ ގުޅިގެން އެމްޓީސީސީން އެމްއާރުއީއައިސީއަށް ދީފައިވާ ފައިސާކަން އެނގޭކަމަށާއި، އައިއެފްސީއޭއިން މިއަދާ ހަމައަށް ވެސް އެ ފައިސާ އަނބުރާ އެމްއާރުއީއައިސީއަށް ދީފައިނުވާކަމަށް ބުނެފައިވެއެވެ.

އެހެންވެ، މި މައްސަލާގައި ހިމެނޭ 550,000.00 (ފަސްސަތޭކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށްވާތީ، އެފައިސާ ދަޢުލަތަށް އަނބުރާ ހޯދުމަށް އެމްޓީސީސީއަށާއި އެމްއާރުއީއައިސީއަށް ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: