ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ޑްރަގްސް އެތެރެ ކުރި މީހާ އައި ގައުމަށް އަނބުރާ ފޮނުވާލީ: އިމިގްރޭޝަން

ފުރަތަމަ ބުރުގައި އިންޑިއާއަށް އެނބުރި ދިޔަ އެ ޤައުމުގެ މީހުން ފުރަން އެއަރޕޯޓުގައި. ފޮޓޯ: ހައިކޮމިޝަން އޮފް އިންޑިއާ އިން މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝާމިލުވާ ބްރެޒިލް މީހެއް އިންއެޑްމިސަބަލް ޕެސެންޖަރެއްގެ ގޮތުގައި އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ބުނެފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަލް ލަތީފް މިނިސްޓަރު މާރިޔާއާއި ކުރެއްވި ސުވާލުގެ ޖަވާބެއްގެ ގޮތުގައި އެކަމަނާވަނީ އިމިގްރޭޝަން އަދި ކަސްޓަމްސްގެ ލިޔުމެއް ހިމަނުއްވާފައެވެ.

ކަސްޓަމްސްގެ ލިޔުމުގައިވާގޮތުން، ވައިގެ މަގުން ރާއްޖެއަށް އަންނަ ޕަސެންޖަރަކު ރާއްޖެއަށް ވަދެ ނުދީ އަނބުރާ ފޮނުވާލުމުގެ ބާރު ލިބިގެންވަނީ އިމިގްރޭޝަން ކޮންޓްރޯލަރަށެވެ. އަދި އަންނަ މީހަކު ހިފެހެއްޓުމުން ކަސްޓަމްސްގެ ރޯލަކީ ޕަސެންޖަރާއި ފޮށިތަންމަތި ބަލާ ފާސްކުރުންކަމަށާއި މަސްތުވާތަކެތި ފެނިއްޖެ ހާލަތެއްގައި އެ ތަކެތި ފުލުހުންނާއި ހަވާލު ކުރުމަށް ގަވައިދުގައި ވާކަމަށާއި ޕަސެންޖަރު އިމިގްރޭޝަން އާއި ހަވާލުކުރުމަށް ބަޔާންކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ކަސްޓަމްސްއިން ބުނެފައިވާގޮތުން އެ އުސޫލުގެ ދަށުން އިމިގްރޭޝަންއިން ފޮނުވާލާފައިވަނީ އެންމެ ޕަސެންޖަރެކެވެ. އަދި އެއީ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ދިވެހިރާއްޖެއަށް އައި ޕަސެންޖަރެއްކަމަށާއި އެ ޕަސެންޖަރަށް އިމިގްރޭޝަނުން އެންޓްރީ ޑިނައި ކުރިކަމަށްވެސް ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނެފައިވާގޮތުން އެ ޕަސެންޖަރު މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތްކުރާ މައުލޫމާތުވަނީ ކުރީބައިގައި ލިބިފައެވެ. ކަސްޓަމްސްއިން ބުނެފައިވާގޮތުން 2.6 ކިލޯގެ ކޮކައިން ފެނުނީ މޯލްޑިވްސް ޕޮލިސް އަދި އިމިގްރޭޝަންގެ ހާޒިރުގައި ޕަސެންޖަރު ޗެކު ކުރުމުންނެވެ.

ކަސްޓަމްސްއިން ބުނެފައިވާގޮތުން މަސްތުވާތަކެތިވަނީ ފުލުހުންނާއި ހަވާލުކުރެވިފައެވެ. އަދި ޕަސެންޖަރަކީ އެންޓްރީ ޑިނައި ކުރެވިފައިވާ މީހެއްކަމަށްވުމުން އަނބުރާ އިމިގްރޭޝަން އާއި ހަވާލުކުރިކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓަރު ހިމަނުއްވާފައިވާ އިމިގްރޭޝަންގެ ލިޔެކިއުމުގައިވާގޮތުން، އައިކާއޯ ގެ ދަށުން އިންއެޑްމިސަބަލް ޕަސެންޖަރެއް އެ ފަރާތެއްގެ ގައުމަށް ލަސްނުކޮށް ފޮނުވާލަންޖެހެއެވެ. އެހެންކަމުން އިމިގްރޭޝަންއިންވަނީ ބްރެޒިލްގެ ރައްޔިތަކު އިންއެޑްމިސަބަލް ޕެސެންޖަރެއްގެ ގޮތުގައި ރާއްޖެއަށް ދަތުރުކުރި ގައުމަށް އަނބުރާ ފޮނުވާލެވިފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: