ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ވަގުތު ކުޑަތަންވާ ވަރަކަށް ލީޑަރުން ގާސިމްއާ ބައްދަލުކުރާ މިންވަރު އިތުރުވެއްޖެ!

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގައުމީ ކޮންފަރެންސްގައި ވާހަކަ ދަައްކަވަނީ / ފޮޓޯ: ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.

އެގޮތުން އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިޝް މައުމޫން ވަނީ ގާސިމްއާ ސަން އައިލެންޑްގައި މާޗް މަހުގެ 8 ވަނަ ދުވަހު ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމާއި ގުލޭ ތަފްސީލް ދެފަރާތުން ވެސް މިހާތަނަށް ހާމަކޮށްފައިނުވާއިރު މިއީ ރިޔާސީ އިންތިހާބާއި ގުޅިގެން ބޭއްވިގެން ދިޔަ ބައްދަލުވުމެއް ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނެވެ. އެހެންކަމުން ފަހަރުގައި މި ބައްދަލުވުމަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ދާދި ފަހުން ސަން އައިލެންޑްގައި ގާސިމްއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމާއި ބެހޭ ތަފްސީލެއް ހާމަ ނުކުރި ނަމަވެސް ބައްދަލުވުމަށްފަހު އިމްރާން ކުރެއްވި ޓްވީޓުން ދޭހަވަނީ ކޯލިޝަން ހެދުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަކަމެވެ.

ގާސިމް އާއި ބައްދަލުކުރުމަށްފަހު އިމްރާން ޓްވީޓް ކުރައްވައި ވިދާޅުވީ ގާސިމް ގޮތް ނިންމަވާނީ ވިސްނުންތެރިކަމާއި އެކު ގައުމާއި މެދު ފުންކޮށް ވިސްނުމަށް ފަހުގައި ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތުން ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސާލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް ވެސް ވަނީ ސަން އައިލެންޑްގައި ގާސިމް އާއި ބައްދަލުކޮށްފައެވެ. ބައްދަލުވުމަށްފަހު އަލީ ނިޔާޒް ވިދާޅުވީ ކުރެވިގެންދިޔައި އުއްމީދީ މަޝްވަރާ ތަކެއް ކަމަށެވެ.

ރައީސް ސާލިހް ވަނީ މިވަގުުތު ކޯލިޝަންގައި ތިބި  ހުރިހާ ޕާޓީތަކަށް ކޯލިޝަން ހެދުމުގެ ދައުވަތު ދެއްވައި ސިޓީ ފޮނުއްވާފައެވެ. އަދި އެމަނިކުފާނުގެ ދައުވަތު ގަބޫލުކޮށް އެންމެ ފުރަތަމަ ކޯލިޝަން ހެދި ޕާޓީ އަކީ އަދާލަތު ޕާޓީއެވެ. އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަށްފަހު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމް ދީނާއި ގައުމުގެ އަމަން އަމާން ކަމާއި ސުލްހަވެރި ކަމަށް ބަލައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހްއަށް ތާއީދު ކުރުމަށް ތާއީދު ކުރުމަށް ނިންމި ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ހުސްވި ފެބްރުއަރީ މަހުގެ ތެރޭގައި އެ ޕާޓީގެ ގައުމީ ކޮންފަރެންސް ވަނީ ބާއްވާފައެވެ. އެ ކޮންފަރެންސްގައި ޕާޓީގެ ކައުންސިލަށް މެމްބަރުން އައްޔަން ކޮށް އިންތިހާބީ މަގާމްތަކަށް ބޭފުޅުން ވަނީ އައްޔަންކޮށްފައެވެ. އަދި ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގަރާރެއް ވަނީ ހުށަހަޅާފައެވެ، އެ ގަރާރު ފާސްވެފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޖޭޕީގެ ފަރާތުން ބޭއްވި ކޮންފަރެންސްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެފައެވެ. ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ބައިވެރިވެފައެވެ. ރައީސް ނަޝީދަށް ތައުރީފްކޮށް ގާސިމް ދެއްކެވި ވާހަކައިގައި އެމަނިކުފާނު ގާސިމް ޖަރުމަނުވިލާތުން ސިންގަޕޫރަށް ދިއުމަށް އެހީތެރިވި ވާހަކަ އާއި ޖަރުމަނުގައި ވިސާގެ ކަންކަމުގައި ރައީސް ނަޝީދު އެހީތެރިވި ކަމަށް ވިދާޅުވިއެވެ.

ޖޭޕީގެ ކޮންފަރެންސްގައި ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނޫން އެހެން ހުރިހާ ސިޔާސީ ލީޑަރުންނަށް ޝުކުރު އަދާކޮށް އެމީހުންގެ ރަނގަޅު ވާހަކަ ދައްކާފައެވެ. އަދި ގާސިމް ވިދާޅުވީ ރައީސް ސާލިހް އަކީ ގޯސް މީހެއް ކަމަށް އޭނާ އެއްފަހަރު ވެސް ވިދާޅުނުވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ޖޭޕީ އަށް ކަންކަމުގައި ކްރެޑިޓް ނުދޭ ވާހަކަ އާއި ވިލާކޮލެޖްގެ މުއްދަތު އިތުރުކޮށްނުދިން ވާހަކަ ގާސިމް ވިދާޅުވިއެވެ.

މިސަރުކާރުން ތައުލީމް ކުރިއެރުވުމަށް މަސައްކަތް ނުކުރާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ސަރުކާރުން ބައެއް ކަންކަން ކުރުމުގައި ވަގުތު ނަގާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކޮންފަރެންސަށް ފަހު ގާސިމް ވަނީ ރައީސް ސާލިހް އާއި ބައްދަލުކުރުމަށް ރައީސް އޮފީހަށް ވަޑައިގެންފައެވެ. ރައީސް އޮފީހުގައި ދެ ގަޑިއިރެއް ހާއިރު ހޭދަކުރެއްވުމަށް ފަހު ނިކުމެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކޮށް ގާސިމް ވިދާޅުވީ އޭނާ އާއި ރައީސް ސާލިހް އާއި ދެމެދު ކުރެވުނު މަޝްވަރާ ރައްޔިތުން ބަލަން ނުޖެހޭ ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވައި އޭރު ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ބެހޭ ގޮތުން ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި ރައީސް ނަޝީދު ގާސިމްގެ ރަނިންމޭޓުކަން ހޯދުމަށް އެދި އެއްވެސް ރިކުއެސްޓެއް ކޮށްފައިނުވާ ކަމަށާއި އެފަދަ އެއްވެސް ވާހަކަ އެއް އަޑު އިވިފައިނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީ އަކާއި އެކު މަޝްވަރާ ކުރާނީ ޖޭޕީގެ ކައުންސިލުން އެކަން ފާސްކުރުމުން ކަމަށެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ފަހު ގަރާރެއް ހުށަހެޅި ފާސްކުރެވިގެން ދިޔައީ ޕާޓީގެ ލީޑަރަށް އިންތިހާބުގައި ވާދަކުރުމާއި ކޯލިޝަން ހެދުމުގެ ބާރު ލިބިދިނުމަށެވެ. އެނިންމުން އެގޮތަށް ނިންމާފައިވަނީ ޕާޓީގެ މަސްލަހަތަށް ވިސްނާފައި ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ގާސިމް ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރުންތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

ގާސިމް އާއި އެކު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް އެމްޑީޕީ އިން މަސައްކަތް ކުރަމުންދާއިރު އަދި މިހާތަނަށް ގާސިމްގެ ފަރާތުން ޖަވާބެއް ލިބިފައިނުވެއެވެ. އަދި ގާސިމް ވެސް ވިދާޅުވެފައިވަނީ ރަސްމީ އެއްވެސް މަަޝްވަރާ އެއް އަދި މިހާތަނަށް އެމްޑީޕީ އާއި އެކުގައި ރިޔާސީ އިންތިހާބާއި ގުޅިގެން ކުރެވިފައިނުވާ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: