ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އިން އަތޮޅުތެރޭގައި ތިބި އާއްމު މެމްބަރުންނާއި ބައްދަލުކުރަނީ

ހއ އަތޮޅުގެ ރަށެއްގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފަރާތުން ޕާޓީގެ އާއްމު މެމްބަރުންގެ ހާލު ބެލުމަށް އަތޮޅުތެރެއަށް ދަތުރުތަކެއް ފަށައިފިއެވެ.

އެމްޑީޕީގެ ޓީމްތައް ހަރަކާތްތެރިވަމުންދަނީ ހއ އަތޮޅާއި ގއ އަތޮޅުގައެވެ. އެމްޑީޕީގެ މި ދަތުރުތަކުގައި ހއ އަދި ގއ ގެ މަޖިލިސް މެމްބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެއެވެ.

އެމްޑީޕީގެ ފަރާތުން ބުނި ގޮތުގައި އަތޮޅުތެރެއަށް ކުރާ މި ދަތުރުތަކަކީ ޕާޓީގެ ލީޑަރޝިޕުން އިންތިޒާމްކޮށްގެން މެމްބަރުންގެ ހިޔާލު ހޯދައި، ދޮރުން ދޮރަށް ހިނގައި މެމްބަރުންގެ ހާލު ގާތުން ބެލުމަށް ކުރާ ސިލްސިލާ ދަތުރުތަކެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހް، ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންދާ މިދަނޑިވަަޅުގައި އެމަނިކުފާނު ގެންދަވަނީ ކޯލިޝަން ހެދުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރައްވަމުންނެވެ.

ރައީސް ސާލިހް ވަނީ އަންނަ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އެކުލަވާލުމަށް އާއްމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް މެމްބަރުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށް ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި އަތޮޅު ތެރެއަށް ކުރެއްވި ދަތުރުތަކުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ވަރިހަމަ ނުހޯދިޔަސް.ވޯޓް ނުދޭނަން.ދަރަނި ބޮލަށް ދޭނެ ވޯޓެއް ނެތް.ވަރަށް ސަލާމް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: