ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޒީވެ ދިޔަ އެތަކެއް އަރުތަކާއި ބައްދަލު ނުކުރެވޭނެހާ މަސައްކަތް މި ސަރުކާރަށް ކުރެއްވިއްޖެ: ނައިބު ރައީސް

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕުރޮގުރާމް ފުރިހަމަކުރި ބޭފުޅުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މާޒީވެ ދިޔަ އެތަކެއް އަރުތަކާއި އަޅާކިޔާއިރުވެސް ބައްދަލުނުކުރެވޭހާ މިންވަރަށް ފާއިތުވެ ދިޔަ 4 އަހަރުގެ ތެރޭގައި މަސައްކަތް ކުރެވިއްޖެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޕްރިންސިޕަލުން ތަމްރީނުކުރުމަށް ކުރިޔަށްގެންދިޔަ ސްކޮލަރޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި، “މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް” ކޯސް ފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ 17 ބައިވެރިންނަށް އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިއުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ތައުލީމީ ދާއިރާއަށްކަމަށެވެ. ކޮންމެ ސަރުކާރަކުންކަމުގައިވީ ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީވެސް ތައުލީމީ ދާއިރާއަށްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

”ގައުމެއް ކުރިއަރާދާ، ގައުމަކަށް ހަމަޖެހުން ގެނެސް، އެ ތަރައްގީއަށް ވާސިލްވެވޭނީ ރަނގަޅު ޖީލެއް ބިނާކޮށްގެންކަން އެއީ އަޅުގަނޑުމެން އެންމެންނަށް އެނގޭކަމެއް.“ ނައިބު ރައީސް

ގައުމެއް ކުރިއަރައިގެން ގޮސް، އެ ގައުމަކަށް ހަމަޖެހުން ގެނެވޭނީ ތައުލީމީ ރަނގަޅު ޖީލެއް ބިނާކޮށްގެންކަމަށާއި، އެހެންކަމުން މި ސަރުކާރުން ތައުލީމީ ދާއިރާގެ ވަށައިގެންވާ ހުރިޙާކަމަކަށް ހައްލު ހޯދަވައިދެއްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއްކުރައްވަމުން ގެންދަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ ވޭތުވެދިޔަ 4 އަހަރަށް ބަލައިފިކަމުގައިވަނީނަމަ، މާޒީވެ ދިޔަ އެތަކެއް އަރުތަކާއި އަޅާކިޔާއިރުވެސް ބައްދަލުނުކުރެވޭހާ މިންވަރަށް ކަންކަން ކުރެވިއްޖެކަމަށެވެ.

މި ސަރުކާރުގައި ކުރިއަށްގެންދާ ގޮތަށް ޕްރިންސިޕަލުން ބިނާކުރުމުގެ މަސައްކަތް އެހެން ސަރުކާރަކުންކޮށްފައިނުވާކަމަށާއި، މި ސަރުކާރުން ސުކޫލުތަކުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނަމަވެސް ހަމައެކަނި އެކަންކަމުން ބޭނުންވާ ނަތީޖާ ނުނިކުންނާނެކަމަށް ވިދާޅުވިއެވެ. ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޕްރިންސިޕަލުންކަމަށް ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް ޕްރޮގްރާމުތަކެއް ފަށައިގެން ކުރިޔަށްގެންދާކަމަށެވެ. އެގޮތުން “މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް” ކޯހާއި، އިންޓަކްޝަން ޕްރޮގްރާމް ފާހަގަކުރެއްވިއެވެ.

މި ކޯސް ފުރިހަމަކުރެއްވި ޕްރިންސިޕަލުންގެ އަރިހުން ނައިބު ރައީސް އެދިލެއްވީ ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، ޓީމެއް ގޮވައިގެން އެއް މިސްރާބަކަށް ދިއުމަށް މަސައްކަތްކުރެއްވުމަށެވެ. ތައުލީމީ ދާއިރާއަށްވެސް އެކިއެކި ހާލަތްތަކާއި ގުޅިގެން ބަދަލުތަކެއް އަންނަމުންދާކަމަށާއި، އެ ބަދަލުތަކާއިއެކު ކުރިއަށް ދިއުމަށް މަސައްކަތްކުރެއްވުމަށްވެސް ނައިބު ރައީސް އެދިލެއްވިއެވެ. ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ސުކޫލުތަކުން ދެއްކީ ތަފާތު މަންޒަރެއްކަމަށާއި، އެއް ދޮރު ބަންދުވުމުން މަސައްކަތް ހުއްޓަނުލައްވާކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެހެން ގޮތަކުންވެސް ނަތީޖާ ނެރެވޭތޯ މަސައްކަތްކުރެއްވިކަމަށެވެ.

ޓެކްނޮލޮޖީއަށް އަހުލުވެރިވެ ފަސޭހަ ގޮތަށް ކަންކަންކުރުމުގެ މުހިންމުކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: