ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާރިޖީ ސިޔާސަތު މިނިވަން ނޫންކަން ސާބިތުވެއްޖެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގެންގުޅުއްވާ ހާރިޖީ ސިޔާސަތަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ފާޑުވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ކޯލިޝަން އުފެެދިދާނެކަމާއިމެދު ސުވާލުކުރެވެމުންދާއިރު، އަލީ ހުސައިންވަނީ، ރާއްޖެއިން އީރާނާއި އެކު އަލުން ހާރިޖީ ގުޅުންތައް ބޭއްވުމަށް ނިންމާފައިވާކަމަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ އެކަމުން ރާއްޖޭގެ ހާރިޖީ ސިޔާސަތު މިނިވަން ނޫންކަން ސާބިތުވެގެންދާކަމަށެވެ.

އީރާން އާއިއެކު އަލުން ގުޅުންތައް ބޭއްވުމަށް ރައީސް ސާލިޙްގެ ސަރުކާރުން ނިންމުމުން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދުވެސްވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މީހުން މެރުންފަދަ އެތައް އަމަލެއް ހިންގަމުންދާއިރު، އެ ގައުމާއި ގުޅުން ބަދަހިކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި އެ ގައުމުގައި އެއްވެސް ކަމެއް ރަނގަޅުވެފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިރާނާއި އެކު ސިޔާސީ ގުޅުން ރާއްޖެއިން ކަނޑާލީ 17 މޭއި 2016 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އޭރު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިރާނުން މެދުއިރުމަތީގެ ސުލްހަ މަސަލަސްކަން ގެއްލޭ ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އެފަހުން ޤަތަރާއި އެކުވެސް ރާއްޖެއިން ގުޅުން ކަނޑާލިއެވެ. އެ ނިންމުން ނިންމީވެސް ސައުދީ އަރަބިއްޔާއިން އެގޮތަށް އަމަލުކުރުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: