ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމް އޮންލައިންކޮށް ހުށަހެޅުމަށް ޕޯޓަލްއެއް ތައާރަފްކޮށްފި

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯޅ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކަށް ވަންނަ މެމްބަރުންގެ ފޯމްތައް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮންލައިން ޕޯޓަލް އެއް ތައާރަފް ކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުން މެމްބަރުން އެ ޕާޓީއަކަށް ވަނުމަށް ފުރާ މެމްބަރޝިޕް ފޯމްތައް ދެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނީ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނެވުނު އިސްލާހުގައި ބުނެފައިވަނީ ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަނޭޅޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން ފޯމް ހުށަހެޅޭނެ ކަމަށެވެ. އަދި އޮންލައިން ޕޯޓަލްއިން ހުށަހަޅާ ފޯމްތަކުގެ އަސްލު ފޯމްތައް ޕާޓީތަކުން ރައްކާކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މީހަކު ސިޔާސީ ޕާޓީއަށް ވެއްދުމަށް ޕޯޓަލް މެދުވެރިކޮށް ފޯމެއް ހުށަހަޅާ ދުވަހުން ފެށިގެން 10 އަހަރު ވަންދެން ފޯމްތަކުގެ އަސްލު ޕާޓީތަކުން ފައިލްކޮށްފައި ބަހައްޓަން ޖެހެއެވެ.

ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުން އޮންލައިކޮށް ފޯމް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކުރެވިފައިވަނީ ވަގަށް ޕާޓީތަކަށް މެމްބަރުން ވައްދާ މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.

ދޭތެރެ ދޭތެރެއިން ސިޔާސީ ޕާޓީތަކަށް ނޭނގި މީހުން ވައްދާ މައްސަލައިގައި އިލެކްޝަންސް އިން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީއަށް މީހަކު ވަނުމަށް ފޯމް ހުށަހެޅުމުން، އެފަރާތަށް އިލެކްޝަންސް އިން އެސްއެމްއެސް އެއް މެދުވެރިކޮށް އެފޯމަކީ އެމީހަކު އަމިއްލަ އަށް ހުށަހެޅި ފޯމެއްތޯ ވެރިފައިކުރުން ހިމެނެއެވެ.

ސިޔާސީ ޕާޓީތަކަށް ވަގު ފޯމް ހުށަހަޅާ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ އެ އިދާރާގައި ފިންގަރ ޕްރިންޓް ވެރިފައި ކުރެވޭނެ ގޮތެއް ނުހުންނަ ކަމަށެވެ. އެހެންަކަމުން ފިންގަރޕްރިންޓް ވެރިފައި ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: