ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ބިނާރު“ ކެމްޕެއިންގެ މައިގަނޑު ހަރަކާތްތައް ނިމިއްޖެ: އެމްއޭސީއެލް

ބިނާރު ކެމްޕެއިން: ފޮޓޯ/ އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލްގެ ”ބިނާރު“ ކެމްޕެއިންގެ މައިގަނޑު ހަރަކާތްތައް ކުރިއަށް ގެންގޮސް ނިންމާލާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރޭގައި ސަލާމަތާ ރައްކައުތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފައްޓަވައިދެއްވި ”ބިނާރު“ ކެމްޕެއިނާއި ގުޅޭގޮތުން އެމްއޭސިލްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން، އެ ހަރަކާތުގެ އެންމެ ފުރަތަމަ އިވެންޓް ކަމަށްވާ ސޭފްޓީ ރަން އޮތީ މާޗު މަހުގެ 4 ވަނަ ދުވަހުގައެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، އެ ދުވުމުގެ މަގުސަދަކީ މުއައްޒިފުންނާއި ސްޓޭކް ހޯލްޑަރުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހޭލުންތެރި ކުރުވުންކަމަށެވެ. އެގޮތުން މުއައްޒިފުންގެ ހެލްތު ސްކްރީނިނގް މަސައްކަތްތަކެއް މާޗު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސް 500 އަށް ވުރެ ގިނަ މުއައްޒިފުންގެ ސްކްރީނިންގް މަސައްކަތްތައް ކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިންވަނީ ހެލްތު ސްކްރީނިންގެ ގެ ތެރެއިން ބީއެމްއައި އަދި ހާޓް ޑިސީސް އާއި ޑެންޓަލް ޗެކްއަޕްއެއް ލިބިގަތުމަށްވެސް މުއައްޒިފުންނަށް ފުރުސަތު ފަހިކޮށްދީފައެވެ. އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމްޕްލައެންސް ޑިޕާޓްމެންޓުތަކުން 18 ޓްރެއިނިންގް އިވެންޓު ބާއްވާފައިވެއެވެ.

އެ ކުންފުނިން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތްތަކާއި ހަވާލުވެފައިވާ ޓީމަށް އެމަޖެންސީ ހާލަތެއްގައި އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީސްގައި ތިބޭ މީހުން އިވެކުއޭޓް ކުރާނެ ގޮތުގެ ތަމްރީނުތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: