ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓަކީ މިހާތަނަށް ތަރައްގީކުރެވިފައިވާ އެންމެ ސްޓޭންޑާޑް ރަނގަޅު ޑޮމެސްޓިކް އެއާޕޯޓު: އާރުއޭސީއެލް

ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖެއްސުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރެސްމާތޮޑާ އެއާޕޯޓަކީ މިހާތަނަށް ތަރައްގީކުރެވިފައިވާ އެންމެ ސްޓޭންޑާޑް ރަނގަޅު ޑޮމެސްޓިކް އެއާޕޯޓުކަމަށް، އެ އެއާޕޯޓު ހިންގުމާއި ހަވާލުވެފައިވާ ކުންފުނި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އާރުއޭސީއެލް) އިން ބުނެފިއެވެ.

އާރުއޭސީއެލް މިފަދައިން ބުނެފައިވަނީ  އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް 13 މާޗުގައި ޓެސްޓް ފްލައިޓު ޖައްސައިފައިވާތީ އެކަމާއި ގުޅިގެން މައުލޫމާތުދެމުންނެވެ.

އާރުއޭސީއެލް އިން ބުނެފައިވަނީ މި ޓެކްޓް ފްލައިޓުގެ ބޭނުމަކީ ރަންވޭގެ ކޮންޑިޝަން ޗެކުރުންކަމަށެވެ. ފާއިތުވެދިިޔަ ދުވަސްތަކުގެ ތެރޭގައި އެއާޕޯޓު ހުޅުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އާރުއޭސީއެލް އިން ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިލް އިންފްރާސްޓްރަކްޗަރ އާއި ދަސާ އަދި ސިވިލް އޭވިއޭޝަން އާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައިކަމަށް ބުނެފައިވެއެވެ.

އެގޮތުން އާރުއޭސީއެލްގެ ޓީމަކާއިއެކު، ދާސާ އަދި ސިވިލް އޭވިއޭޝަންގެ ޓީމެއް ވަނީ ސައިޓް އިންސްޕެކްޝަނަކަށް ފަރެސްމާތޮޑާ އެއާޕޯޓަށް 7 މާޗުގައި ޒިޔާރާތްކޮށްފައިކަމަށް އާރުއޭސީއެލް އިން މައުލޫމާތުދެއެވެ. މިކަމުގެ މަގްސަދަކީ އެއާޕޯޓްގެ އޮޕަރޭޝަން ފެށުމުގެ ކުރިން އެއާޕޯޓުގައި ބޭނުންކުރެވޭ މެޝިންތަކާއި އަދި އެހެނިހެން ކަންކަމަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިޓްރޭޝަން (ޑާސާ) އަދި ސިވިލް އޭވިއޭޝަންގެ ސްޓޭންޑަޑްއަށް ފެތޭ ގޮތަށް ތަރައްގީކުރެވިފައިވާ އެއާޕޯޓެއްތޯ ބެލުންކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

ޑާސާއަކީ ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކަންކަން ހަރުދަނާކުރުމަށް ރައީސުލްޖުމްހުރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތާއި އެއްގޮތަށް މިނިސްޓްރީ އޮފް ޑިފެންސްގެ ސީދާ ބެލުމުގެ ދަށުން އުފެދިފައިވާ އިދާރާއެކެވެ.

މިހާރު ޓެސްޓް ފްލައިޓު ޖައްސާފައިވާ ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީކުރަން ފެށާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމަބަރު މަހުގައެވެ. މިއީ ގދ އަތޮޅުގައި އަޅާ ތިން ވަނަ އެއާޕޯޓުކަމުގައިވާއިރު، މި އެއާޕޯޓު ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިކަމަށާއި އަދި މިއީ މިހާތަނަށް ތަރައްގީކުރެވިފައިވާ އެންމެ ސްޓޭންޑާޑް ރަނގަޅު ޑޮމެސްޓިކް އެއާޕޯޓުކަމަށް އާރުއޭސީއެލް ބުނެއެވެ.

އާރުއޭސީއެލް އިން ތަރައްގީކޮށްފައިވާ އެއާޕޯޓުތަކަކީ ޒަމާނީ ފެންވަރުގެ މެޝިންތައް ބެހެއްޓި، ސިވިލް އޭވިއޭޝަންސްއިން ގަބޫލުކުރާ މިންގަނޑަށް ގެނެވިފައިވާ އެއާޕޯޓުތަކެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ. އަދި މިއީ ރާއްޖޭގައި ހުރި އެއާޕޯޓުތަކާއި އަޅާ ބަލާއިރު ރެގިއުލޭޓަރީ ސްޓޭންޑަޑްގެ ގޮތުން އެންމެ ރަނގަޅު އެއާޕޯޓުތައްކަންވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: