ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭ ބޮޑު ކުރަން ހުށަހަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރަމުންދާ އެއާޕޯޓުގެ ރަންވޭގެ ސައިޒު ބޮޑުކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދެން ގދ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

އެއާޕޯޓްގެ ރަންވޭ ބޮޑު ކުރުމަށް ނިންމައި އަތޮޅު ކައުންސިލުން ފާސްކުރީ 1،800 މީޓަރުގެ ރަންވޭއެއް ފަރެސްމާތޮޑާ އެއާޕޯޓްގައި އަޅައިދިނުމަށް ސަރުކާރުގައި އެދުމަށެވެ. މިމަހު 14 ވަނަ ދުވަހު އޮތް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެންބަރުންގެ ތެރެއިން އައް މެންބަރުން އެ ހުށަހެޅުމަށް ތާއީދުކޮށްފައެވެ.

ފަރެސްމާތޮޑާ ހިމެނޭ ސަރަޙައްދުގެ ކުދި ފަޅުރަށްތަކާއެކު ޖުމްލަ 19.9 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ މިމަޝްރޫޢުއަށްޓަކައި ހިއްކާފައެވެ. 1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ ފަރެސްމާތޮޑާ އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށް ތަރައްޤީކުރާ އެއާޕޯޓެކެވެ.

ބަޖެޓުން 144.8 މިލިއަން ރުފިޔާއަށް ކުރިއަށްގެންދާ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްޤީކުރަނީ އެ ސަރަހައްދުން ބޮޑު ބައެއް ހިއްކައިގެންނެވެ. އެއާޕޯޓާއި ފަރެސްމާތޮޑާ ގުޅާލުމަށް ނިންމާފައިވަނީ ކޯޒްވޭއަކުންނެވެ. މި ކޯޒްވޭގެ މަސައްކަތްވެސް އަންނަ ޖޫންމަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް އެމްޓީސީސީން ވަނީ އަމާޒު ހިފާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: